އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް އިންޒާރުދޭ ފަރާތްތަކަށްވެސް ޤާނޫނނުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އިރުކޮޅެއް ކުރިން ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަދައްކާ، އަމަލު ކުރާމީހުންނަށް ފިޔަވަޅު އަޅާ ފަދައިން ދީން ހިމާޔަތްކުރުމުގެ ނަމުގައި މުޖުތަމައު ތެރޭގައި ފިތުނަ އުފެދޭގޮތަށް ވާހަކަ ދައްކައި އެފަދަ ފަރާތްތަކަށް އިންޒާރުދޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިފަދަ ފަރާތްތަށް ފުލުހުންގެ ސަމާލުކަމަށް ގެނެސްދިނުމަށް އާންމުންގެ އެހީއަށް ހަމީދު އެދިލެއްވިއެވެ.
https://twitter.com/M_Hameedh/status/1182532277886050304
އިސްލާމް ދީން ހިމާޔަތްކުރުމުގެ ނަމުގައި މުޖުތަމައު ތެރޭގައި ފިތުނަ އުފެދޭގޮތަށް ވާހަކަ ދައްކައި އެކި މީހުންނަށް އިންޒާރުދޭ ފަރާތްތަކާއި މެދު ގާނޫނީ ބާރު ހިންގާނެކަމަށް ފޮރިން މިިނިސްޓްރީ އިންވެސްވަނީ ބުނެފައެވެ.
އިސްލާމްދީނަށް ދީނަށް ފުރާއްސާރަކޮށް މޯލްޑިވިއަން ޑެމޮކްރަސީ ނެޓްވޯކްއިން ނެރުނު ރިޕޯޓުގެ މައްސަލައިގައި ދިވެހިންގެ އެތަށް ބަޔަކު ލޭކެކިގެން ދިޔައިރު ފުލުހުންނާއި ފޮރިން މިނިސްޓްރީއިން އެމީހުންނަށް އިންޒާރު ދޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނުުުމުން އާންމު ރައްޔިތުން ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިއީ ސީދަ އެމީހުން ދިފާއު ކުރުން ކަމަށާއި އެއީ އެމްޑީއެން ރިޕޯޓު ނެރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނަށް ލިބިގެން ދިޔަ ހިތްވަރެއްގެ ގޮތުގައި އެއްބަޔަކު ސިފަ ކުރެއެވެ. އަދި އެމްޑީއެންއަކީ ކުރިން ސީޕީ ހަމީދުގެ މަސްލަހަތު އޮތް ޖަމިއްޔާއަކަށްވެފައި ރިޕޯޓުގެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަސް ވިދާޅުވި ނަމަވެސް އެއްވެސް ފިޔަވަޅެއް އަލާފައި ނުވާތީ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެންޑީއެމް އިން ”ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް“ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާފައިވެއެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

