ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއެމްސީން އައިޓީބީ އޭޝިއާ 2025 ގައި ބައިވެރިވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އޭޝިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން، އައިޓީބީ އޭޝިއާ 2025 ގައި ބައިވެރިވެއްޖެއެވެ. މި ފެއަރ ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޯބަރު 15 އިން 17 އަށް ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގައެވެ.

މި ފެއަރގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބެނަރުގެ ދަށުން، 20 ކުންފުންޏެއްގެ 32 މަންދޫބުން ބައިވެރިވެ، ފަތުރުވެރިންނަށް ރާއްޖޭގައި ހުރި ތަފާތު އުފެއްދުންތަކާއި ފުރުސަތުތައް ދައްކާލާފައިވެއެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތުކަން ދައްކުވައިދޭ ގޮތަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ 99 އަކަފޫޓުގެ ސްޓޭންޑެއް މި ފެއަރގައި ގާއިމްކޮށްފައިވެއެވެ.

ވީއެމްސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ސްޓޭންޑުގައި 22 ކައުންޓަރާއި، ތިން ފްލޯޓިން މޭޒު، އަދި މަޢުލޫމާތު ދިނުމަށް ހާއްސަ ކައުންޓަރެއް ހިމެނެއެވެ. މި ސްޓޭންޑަކީ ރާއްޖެއާ ބެހޭ މަޢުލޫމާތު ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދީ، ރާއްޖޭގެ ބްރޭންޑް އިޝްތިހާރުކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭންޑެކެވެ.

ފެއަރގެ ތެރެއިން ރާއްޖޭގައި ފަތުރުވެރިންނަށް ހުރި ފުރުސަތުތައް އިޝްތިހާރުކުރުމުގެ އިތުރުން ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްގީކުރުމަށް ކުރާ މަސައްކަތްތައް ވަނީ ދައްކާލާފައެވެ. ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މުހައްމަދު ލުވެއިޒް ވަނީ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވައި، ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

ވީއެމްސީން ފާހަގަކޮށްފައިވާ ގޮތުގައި، މި ފެއަރގައި ބައިވެރިވުމުގެ ސަބަބުން ބީ2ސީ އާއި ބީ2ބީ ޕްރޮމޯޝަނަލް ހަރަކާތްތައް ކަމަށްވާ ފެމިލިއަލައިޒޭޝަން ޓްރިޕްސް، ރޯޑްޝޯ އަދި ފާހަގަކޮށްލެވޭ ބައިނަލްއަޤްވާމީ ފެއަރތަކުގައި ބައިވެރިވެގެން ހަރުދަނާ މާކެޓް ޕްރެޒެންސެއް ދެމެހެއްޓުމަށް ގެންގުޅޭ ސްޓްރެޓެޖީ އިތުރަށް ހަރުދަނާވެގެން ގޮސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: