ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި 14 ރަށަކަށް އެކިވަރުގެ ގެއްލުންވި!

ވިއްސާރައިގައި އުތުރު އަތޮޅަށް ލިބުނު ގެއްލުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި 14 ރަށަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އެކި ވަރުގެ ގެއްލުން ލިބިގެން އެންޑީއެމްއޭ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

1. ގދ.މަޑަވެލި
2. ގދ.ހޯނޑެއްދޫ
3. ގދ.ނަޑެއްލާ
4. ގދ. ރަތަފަންދޫ
5. ގދ.ފަރެސްމާތޮޑާ
6. ގއ.މާމެންދޫ
7. ލ.މާވައް
8. ހދ.ނޮޅިވަރަންފަރު
9. ކުޅުދުއްފުށި ސިޓީ
10. ސ.މަރަދޫ
11. ރ.ފައިނު
12. މ.ދިއްގަރު
13. މ.މަޑުއްވަރީ
14. ފުވައްމުލައް ސިޓީ

އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި ކުޅުދުއްފުށީ 1 ގެެޔަކަށް ގެއްލުން ލިބިގެން އެހެން ގެޔަކަށް 1 ދުވަހަށް ބަދަލުކޮށްފައިވެއެވެ. އަދި އިތުރު އެއްވެސް ރަށެއްގެ ގެޔަކުން މީހުން ނެރެންޖެހޭ ހާލަތަކަށް ގޮސްފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވިއްސާރާގައި ހދ. ނޭކުރެންދޫ ބޯޓަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވެއެވެ.

ވިއްސާރާގައި ގެއްލުން ލިބުނު ރައްތަކަށް ލިބިފައިވާ ގެއްލުންތަަށް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ގުޅިގެން މިހާރު އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: