ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދައަށް އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ގެމައުމަށް މަސައްކަތް އެބަކުރަން: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަޑް މުހައްމަދު ނަޖާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ވަގުތު މި މަސައްކަތް ކުރަނީ، ރަމަޟާން މަހު އައްޑޫ ރައްޔިތުންނަށް އެއްވެސް ދަތިތަކެއް ދިމާނުވެ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ އޮތްތާ މިހާރު ވަނީ އެތަކެއް ދުވަސްތަކެއް ވެފައެވެ. އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކޮންމެ ސަރުކާރަކުންވެސް އައިސް ގިނަ ވައުދުތަކެއް ވާއިރު، ނިމިދޔަ ސަރުކާރުގައި ވެސް އެ މައްސަލައަށް އެދެވޭ ހައްލެއް ގެނެވިފައި ނުވާކަން ވަނީ ފާހަގަވެފައެވެ. އަދި އެކި ފަހަރުމަތުން އައްޑޫއަށް އިންޖީނުތައް ގެންދާ ކަމަށް ފެނަކައިންވެސް މައުލޫމާތު ދީފައި ހުރި ނަމަވެސް މިއަދާ ޖެހެންދެން ވެސް އައްޑޫގެ ސިީޓީގެ ރަށްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ހައްލުތަކެއް ލިބިފައެއް ނުވެއެވެ.

އައްޑޫއިން ކުއްލި ކުއްލިއަށް ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ އާއްމުންނާއި، އަދި މަޖިލިސް މެމްބަރުންވެސް ދަނީ އެކަމަށް ވަކާލާތު ކުރަމުންނެވެ.

މި މައްސަލައިގައި ނަޖާހު ވާހަކަ ދެއްކެވީ، ފެނަކަ އޮޑިޓު މައްސަލައިގައި މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވުމުން ހިތަދޫ މެދު ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.

ނަޖާހު ވިދާޅުވީ، ރަމަޟާން މަހު އައްޑޫ ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ އެއްވެސް ތަކުލީފެއް ނެތި ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ނަޖާހު ވިދާޅުވީ، އައްޑޫގައި އާންމުކޮށް ކަރަންޓުގެ މައްސަލަތައް ދިމާވަނީ ކުރިން ގެނެސްފައި ހުރި ޖެނެރޭޓަރުތަކަށް ކަމަށެވެ. އޭގެ ސަބަބެއްކަމަށް ނަޖާހު ވިދާޅުވީ ބައެއް ޖެނެރޭޓަރުތަކުގައި ހުރި ސްޕެއަރ ޕާޓްސްގެ ފެންވަރު ދަށްވުމެވެ.

އަންނަ ރަމަޟާން މަހަށް އައްޑޫ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކުން ސަލާމަތްކުރުމަށްޓަކައި ފެނަކައިން މި އަހަރު އައްޑޫއަށް ހަތަރު ޖެނެރޭޓަރު ފޮނުވަން ނިންމާފައިވާކަން ނަޖާހު ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން އެއް ޖެނެރޭޓަރު މިހާރު އައްޑޫއަށް ފޮނުވާފައިވާއިރު، އަނެއް ދެ ޖެނެރޭޓަރު މާލޭ ޕޯޓުން ބުރާސްފަތި ދުވަހު ފުރުވާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަމަޟާން މަހުގެ ކުރިން ތިންވަނަ ޖެނެރޭޓަރެއް ވެސް އައްޑޫއަށް ފޮނުވޭނެ ކަމަށް ނަޖާހު ވިދާޅުވިއެވެ.

މި ހަތަރު ޖެނެރޭޓަރުގެ ސަބަބުން ކުރިއަށް އޮތް އެއް އަހަރު ދުވަހަށް އައްޑޫގެ ކަރަންޓު ނުކެނޑި ހިފެހެއްޓޭނެކަމަށް އަންދާޒާ ކުރެވޭކަމަށް ނަޖާހު ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައެއް ހަމަ ވަރަށް ޒަމާނުއްސުރެ އަޅުގަނޑުމެންނަށް މި ހައްލުކުރަން ދަތިވެފައި އޮތް މައްސަލައެއް..އޭގައި ހަމަ ފާހަގަކޮށްލަން ބޭނުންވޭ މައްސަލަ އާންމުކޮށް މި ޖެހެނީ ކުރީގައި ގެނެސްހުރި ޖެނެރޭޓަރުތަކުގައި. ދެން އޭގައިބަލައިލިއިރު އެއީ ބައެއް ޖެނަރޭޓަރުތަކަށް ލާފައި ހުރި ސްޕެއަރ އެންމެ ރަނގަޅު ކޮލިޓީގެ ސްޕެއާއެއް ނޫން ކަހަލަ ކަންތައްތަ ހުރި ދިމާވެފަ… މި ވަގުތު މި މަސައްކަތް ކުރަނީ، ރަމަޟާން މަހު އައްޑޫ ރައްޔިތުންނަށް އެއްވެސް ތަކުލީފެއް ނެތި ކަރަންޓް ފޯރުކޮށްދިނުން.. އެހެންވެ އަޅުގަނޑުމެން ހަމަ މި އަހަރު ވެސް ހަތަރު ޖެނެރޭޓަރ އައްޑޫ އަރުވަން.. އެކަތި މިހާރު އައްޑޫއަށް ރީޗްވެއްޖެ.. 2 އެއްޗެއް މާލޭ ޕޯޓުން މިއަދު ފުރުވާލެވޭނެ.. މަސައްކަތް މި ކުރަނީ އަދި ތިންވަނަ އެއްޗެއް ރަމަޟާން މާގެ ކުރިއަށް.. އަރުވާނަން. މި ބަލަނީ ހަމަ ކުރިއަށް އޮތް އެއް އަހަރު ދުވަހަށް އައްޑޫ ކަރަންޓު ނުކެނޑި ހިފަހައްޓާލަން..

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކައިން ދެ ގޮތަކަށް މަސައްކަތް ކުރަމުންދާކަން ނަޖާހު ހާމަކުރެއްވިއެވެ. އެއް ގޮތަކީ މިހާރު ބޭނުންކުރަމުންދާ ހަ ޖެނެރޭޓަރު މީޑިއަމް ނުވަތަ ލޯ ސްޕީޑް ޖެނެރޭޓަރުތަކަށް ބަދަލުކުރުމަށް ދިރާސާކުރުމެވެ. މިކަމުގެ ސަބަބުން ހަރަދު ކުޑަވެ، މަރާމާތުކުރުމުގެ ދަތިކަން ވެސް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދެވަނަ ކަމަކީ ބޮޑެތި ޕަވަރ ޖެނެރޭޓަރުތައް ގެނައުމެވެ. މި އަހަރުގެ ތެރޭގައި މި މަސައްކަތް ބަޔަކާ ހަވާލުކުރެވި މަސައްކަތް ފެށިގެންދާނެކަމަށް ނަޖާހު ވިދާޅުވިއެވެ.

ނަޖާހު ވިދާޅުވީ އެކަމުގައި މިހާރު ބޭނުން ވަނީ ފިނޭންސް މިނިސްޓްރީން ބޭނުންވާ ހުއްދަތައްކަމަށެވެ.

މީގެއިތުރުން މި މައްސަލައާއި ގުޅޭ އެހެން ކަންބޮޑުވުމަކަށް ނަޖާހު ވިދާޅުވީ، ޑީސަލްގެ ކަންތަކެވެ. ނަޖާހު ވިދާޅުވީ ޑީސަލްގެ މުއާމަލާތް ކޮރަޕްޝަނަށް މަގުފަހިވާއިރު، ޑީސަލް ޕަވަރ ހައުސްއާއި ހަމައަށް ގެންދިޔުމުގައި ހޮޅިލައިގެންނާއި އުޅަނދުތަކުން އުފުލުމުގައި ކުރެވޭ މަސައްކަތް ނަޖާހު ފާހަގަކުރެއްވި އެވެ. އެހެންވެ މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ދިރާސާކުރުމަށް ހާއްސަ ފަންނީ ބޭފުޅަކު މިހާރު ހޯދާފައިވާކަމަށް ނަޖާހު ވިދާޅުވިއެވެ. އެއީ ރާއްޖެއިން ބޭރުން މި ދާއިރާއިން ކިޔަވާފައިވާ ފަރާތެއްކަމަށާއި، އޭނާ މިހާރު ކަމާއި ގުޅުން ހުރި ދިރާސާތައް ކުރަމުން ގެންދާކަމަށް ނަޖާހު ވިދާޅުވި އެވެ.

މީގެ އިތުރުން ޑީސަލްގެ ފެންވަރު ބެލޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ވެސް މަސައްކަތް ކުރަމުންދާކަމަށާއި، މިކަންކަމުގެ ސަބަބުން ޑީސަލްގެ ވައްކަން ހުއްޓުވުމަށް އެދެވޭ ފިޔަވަޅުތަކެއް އަޅާނެކަމަށް ނަޖާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: