ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ހަފްތާގައި ބަޖެޓު ހުށަހަޅާނަން، ވައުދުތައް ފުއްދުމުގެ ހުރިހާ ބައެއް ހިމެނޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހަފްތާ ނިމުމުގެ ކުރިން 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުށިއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅާނީ، ވައުދުތައް ފުއްދުމަށް ބޭނުންވާ ހުރިހާ މަޝްރޫއުތައް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ވައުދުތައް ފުއްދުމުގެ މަސައްކަތް މި ދެއަހަރަށް ބަހާލައިގެން ކުރިޔަށް ގެންދާނެކަން ސަރުކާރުން މީގެ ކުރިން ވެސް އިއުލާނުކޮށްފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ. މިއާއި އެކު ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ރާވާފައިވާ ގިނަ ކަންކަން ބަޖެޓުން ފަހިވެގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެއިތުރަށް ހަމަ އިތުރު ކަންކަން ވެސް ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގެ ގޮތުން ފަހިވާ ގޮތަށް ބަޖެޓު މި ހުށަހަޅަނީ. މި ގޮތުން ބަލާ ނަމަ އެއް ކަމަކަށް އަޅުގަނޑުމެން ނިންމާފައި މި އޮތީ ގާނޫނަށް ގާނޫނުއަސާސީގެ ގެންނަ ބަދަލެއްގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލަން.. އަތޮޅު ކައުންސިލްތައް އުވާލީމަ މި ލިބޭ ފައިސާ އަޅުގަނޑުމެން މި ބަހާލަނީ ރަށްރަށުގެ ކައުންސިލްތަކުގެ ބަޖެޓުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ކުރަން… އަތޮޅު ކައުންސިލަރުން އުވުނީމަ އެ ސޭވް ވާ އަމައުންޓް ހޭދަ މިކުރަނީ ރައްޔިތުންގެ އިޖުތިމާޢީ ކަންކަމަށް އޭގެން ފަހިވާ ގޮތަށް

ގާނޫނުއަސާސީއަށް ގެނައުމަށް ގަސްދު ކުރައްވާ ބައެއް އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އަތޮޅު ކައުންސިލްތައް އުވާލުމުން ވެސް ބަޖެޓަށް ބައެއް އިތުރުވެގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އިތުރުވާ ފައިސާ، ކޮންމެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެރަށެއްގައި ހުންނަ އިޖުތިމާއީ ގޮތުން ރައްޔިތުންގެ ތެރޭގައި ހުރި ވަލްނަރަބަލް އެހީ ބޭނުންވާ ފަރާތްތަކަށް ބަޖެޓުގެ ތެރެއިން ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: