ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވައުދު ފުއްދަމުންދާނީ، އެއްވެސް ވައުދެއް ދޫނުކޮށް: ސައީދު

އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ހުރިހާ ވައުދުތަކެއް ފުއްދަމުންދާނެ ކަމަށާއި، އެއްވެސް ވައުދެއް ދޫކޮށްނުލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން، ލ. އަތޮޅުގައި ޕޯޓަކާއި ބަނދަރެއް ގާއިމްކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ސައީދު މަޖިލީހަށް ހާޒިރުކުރުމަށް ސުވާލު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންއެވެ. ސުވާލުގެ މައިގަނޑު މަޤްޞަދަކީ ލ. އަތޮޅުގައި ޕޯޓަކާއި ބަނދަރެއް ގާއިމްކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތް އޮޅުންފިލުވުމެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި އޮންނަނީ މައިގަނޑު ދެ ސީ ލައިންކަމަށެވެ. އެއީ އުތުރުގައި އޮންނަ ސީ ލައިނާއި، އަލިފާއި ލާމާއި ދެމެދު އޮންނަ ޒީރޯ ޑިގްރީގެ ޗެނަލްކަމަށެވެ. ”ގިނަ ސަރުކޫރުތަކުން މިފަދަ ކަންކަމަށް އުއްމީދު ކުރި ނަމަވެސް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވޭ،“ ސައީދު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އުތުރުގައި އަދިވެސް އިތުރު ވަސީލަތްތަކެއް ގާއިމްކުރަން ޖެހެއެވެ.

ސަރުކާރުން މިހާރު މި ދޮރުތަކުގެ ތެރެއަށް ވަދެގެން އާމްދަނީގެ ގޮތުން ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް މިހެން ހުރި ދޮރުތައް ފުޅާކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެކަމަށެވެ. އަދި ރިޔާސީ ވައުދުތައް ފުއްދާނީ ވަކިކަމެއް ދޫނުކޮށް، ހުރިހާ ވައުދެއް ފުއްދައިގެން ކަމަށް އޭނާ އިތުރަށް ޔަޤީންކަން ދެއްވިއެވެ.

ލ. ފޮނަދޫގައި އެޅުމަށް ނިންމާފައިވާ ޕޯޓާއި ބަނދަރު ގާއިމްކުރުމުގެ މަޝްރޫއުވެސް މިހާރު ކުރިއަށްދާކަން މިނިސްޓަރު ސައީދު ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ ވަރަށް އަވަހަށް މި މަސައްކަތުގެ އަމަލީ ގޮތްތަކެއް ފެނިގެންދާނެ ކަމަށާއި، ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި ބޭނުންވާ ހުރިހާ މަސައްކަތެއް ކުރިއަށްދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: