ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒަކީ ރައްޔިތުންގެ ޙައްޤުގައި ކިތަންމެ އުނދަގޫ ނިންމެވުމެއްވެސް ނިންމަވާ، ތަންފީޒު ކުރައްވާނެ ވެރިއެއް: ޝިޔާމް

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުޙައްމަދު މުއިއްޒަކީ ރައްޔިތުންގެ ޙައްޤުގައި ކިތަންމެ އުނދަގޫ ނިންމެވުމެއްވެސް ނިންމަވާ، ތަންފީޒު ކުރައްވާނެ ވެރިއެއްކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފެށުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ ވިދާޅުވީ، ޤައުމެއްގެ ޙަޔާތުގައި މިފަދަ ކަންކަން ކުރެވެނީ ނިކަން މައިބަދަ ވަރުގަދަ ވެރިންނަށް ކަމަށެވެ. އަދި މިއީ ވޭތުވެދިޔަ ސަރުކާރުތަކަށް އުނދަގޫވި ކަމެއް ކަމަށާއި، ނަމަވެސް މިއީ ޤައުމެއްގެ މުސްތަޤުބަލަށް ވެރިއަކަށް ކޮށްދެއްވޭނެ އެންމެ މުހިއްމު ކަންކަންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއެކު، މިފަދަކަންކަން ކުރައްވަން އުޅުއްވާއިރު ހީނުކުރާ ޒާތުގެ ފިއްތުންތަކާއި، އެކިކަހަލަ ނުފޫޒު ފޯރުވަން މަސައްކަތްކުރާ ފަރާތްތައް އަބަދުވެސް ތިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރަނގަޅު ނިންމެވުންތައް ނިންމެވުމުގައި ގިނަ ވެރިން ފެއިލްވަނީ މިފަދަ އެކިކަހަލަ ނުފޫޒުގައި ޖެހި ދީއްލާލެވިގެން ކަމަށެވެ.

އެހެންނަމަވެސް، މިއަދު އަނެއްކާވެސް ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މި ސާބިތު ކޮށްދެއްވީ އެމަނިކުފާނަކީ ޤައުމާއި، ރައްޔިތުންގެ ޙައްޤުގައި ކިތަންމެ އުނދަގޫ ނިންމެވުމެއްވެސް ނިންމަވާ ތަންފީޒު ކުރައްވާނެ ވެރިއެއްކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައީސަށް މަރުހަބާއާއި ޝުކުރު ދަންނަވާކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

1 ނޮވެމްބަރުން ފެށިގެން ޖެނެރޭޝަނަލް ބޭންއަށް އަމަލު ކުރަން ފަށާފައިވާއިރު ދުޅަހެޔޮ އާބާދީއެއް ބިނާކޮށް ދުންފަތުގެ ވަބާއިން މީހުން ރައްކާތެރި ކުރުމާއި، ކުޑަކުދިން ދުންފަތާ ދުރުކޮށް ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް އައު ތަޞައްވަރެއްގައި ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

މި ސިޔާސަތުތަށް ތަންފީޒު ކުރަން ފެށިފަހުން، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މިންވަރުން ނިޞްބަތުން ދައްވަމުންދާކަން ދާދި ފަހުން ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި އަމަލު ކުރާ ޖެނެރޭޝަނަލް ބޭން ގެ ތާރީޚަކީ 1 ޖަނަވަރީ 2007 ގައި ނުވަތަ އެ ތާރީޚުގެ ފަހުން އުފަންވެފައިވާ ފަރާތަތަކާއި، އަދި 1 ޖަނަވަރީ 2007 ގެ ކުރިން އުފަންވެފައިވިޔަސް، ޤާނޫނަށް ޢަމަލުކުރަން ފަށާއިރު  21 އަހަރު ނުފުރޭ ފަރާތްތަކެވެ.

މި ފަރާތްތަކުން ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުން ޤާނޫނީ ގޮތުން ވަނީ މަނާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: