ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު 2026: ޕޭ ހާމަނައިޒޭޝަންއަށް 1.6 ބިލިއަން ރުފިޔާ!

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސް މުވައްޒަފުންގެ ޕޭހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް އެއްހަމަ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 1.6 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވާދެއްވަމުން މިނިސްޓަރ ވިދާޅުވެފައި ވަނީ ބަޖެޓުގެ 62 އިންސައްތަ އެކަހަށައަޅާފައިވަނީ ރިކަރަންޓު ހަރަދަށް ކަމަށެވެ. މީގެތެރޭގައި ޒަމާންތަކަށް ފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒް ކުރުން ހިމެނޭނެކަން ފާހަގަކުރައްވާފައި ވެއެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައިވާ ހާއްސަ ބަޖެޓުގެ ތަފްސީލުތައް ދައްކާ ގޮތުގައި މުސާރައާއި ސިޔާސަތުތައް ކަނޑައެޅުމަށް އަންނަ އަހަރު ހަރަދުވާނެކަމަށް ލަފާކުރެވެނީ 1.68 ބިލިއަން ރުފިޔާ އެވެ.

މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ސިވިލް ސާވަންޓުންނާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރުމަށް ހިމަނާފައި ވަނީ 500 މިލިއަން ރުފިޔާ އެވެ. މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައި މިނިސްޓަރ ވިދާޅުވެފައި ވަނީ މި އަހަރަށް ހިނގާނެކަމަށް މިހާރު ލަފާކުރެވޭ އަދަދަކީ 250 މިލިއަން ރުފިޔާކަމަށެވެ.

މީގެއިތުރުން މި އަހަރަށް އިތުރު ކުރުމަށް ހުށަހެޅި މުވައްޒަފުން ނެގުމުގެ ހުއްދަ ދިނުން ކޮންޓްރޯލް ކުރުމާއި މި ދާއިރާއިން އެޅުނު އެހެން ފިޔަވަޅުތަކުގެ ސަބަބުން މުސާރައާއި އެލަވަންސަށް ހިނގާ ހަރަދު ދަށްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، 2026 އަށް ހުށަހަޅާ ބަޖެޓަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޢާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި ބަޖެޓަކީ މި ސަރުކާރަށް ވާރުތަވި ބޮޑެތި ދަރަނިތަކުން ދިވެހިން ސަލާމަތްކޮށް، ވިސްނުންތެރި ސިޔާސަތުތަކެއްގެ ދަށުން މުސްތަގްބަލުގެ ޖީލުތަކަށް ބުރަ ބޮޑު ނުވާނެހެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ ތަސައްވަރު ކުލަކޮށްދޭނެ ބިންގަލެއް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ބަޖެޓު ފަރުމާކޮށްފައިވަނީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތަޢުލީމު އަދި ހަކަތަ ފަދަ މުހިންމު އަސާސީ ޚިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނެސްދޭނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި، ގައުމީ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކަށް ހަގީގީ ކުލަވަރު ގެނުވާނެ ފަދަ ބަޖެޓެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: