ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބުއްދިވެރި ގޮތަކީ، ވީއައިއޭ އައު ޓާމިނަލުގެ ފިނި ހޫނު މިން 20 އާއި 25 ޑިގްރީގެ ދެމެދުގައި ބެހެއްޓުން: ނަޝީދު

ފޮޓޯ: އައްނި2023
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލްގެ ފިނިހޫނުމިނާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރު ހުރި 15 ޑިގްރީ ސެލްސިއަސްގެ ފިނި މިނަކީ މާ ބޮޑަށް ފިނި އަދި އިސްރާފު ބޮޑު ގޮތެއް ކަމަށާއި، އެންމެ ބުއްދިވެރި ގޮތަކީ 20 އާއި 25 ޑިގްރީގެ ދެމެދުގައި ފިނިހޫނުމިން ބެހެއްޓުން ކަމަށެވެ.

ރައީސް ނަޝީދު މި ކަންބޮޑުވުން ފާޅުކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ވީއައިއޭ އެއާޕޯޓުގެ ސެންޓްރަލައިޒްޑު އެޗްވެކު (ހީޓިންގ، ވެންޓިލޭޝަން އެންޑު އެއާ ކޮންޑިޝަނިން) ސިސްޓަމްގެ ފިނި ހޫނު މިން ހުންނެވީ 15 ޑިގްރީ ސެލްސިއަސްގައެވެ.

ނަޝީދު ވިދާޅުވީ، މި މިންވަރަކީ މާ ބޮޑަށް ފިނިވުމާއިއެކު، އެ ފިނި މިނުގައި ސިސްޓަމް ބެހެއްޓުމަކީ ބޮޑު އިސްރާފެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވެފައިވަނީ، އެންމެ ބުއްދިވެރި ގޮތަކީ، ހަކަތަ އިސްރާފު ނުކޮށް، ފަސޭހަ މާހައުލެއް ބެހެއްޓުން ކަމަށެވެ.

 ”15 ޑިގްރީ ސެލްސިއަސްގައި އެޗްވެކު ބެހެއްޓުމުގެ ބަދަލުގައި، އެންމެ ބުއްދުވެރި ފިނިހޫނު މިން ރޭންޖަކީ، 20 އާއި 25 ޑިގްރީގެ ދެމެދުގެ މިންވަރެއް ކަމަށް އަޅުގަނޑު ދެކެން،“ ނަޝީދު ވިދާޅުވިއެވެ.

ވީއައިއޭގެ އައު ޓާމިނަލާ ގުޅޭގޮތުން ބަލާއިރު، މި ޓާމިނަލް ރަސްމީކޮށް ހުޅުވިގެން ދިޔައީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައެވެ. މިއީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި ރިވެތި ޑިސައިންއަކާއިއެކު ފަރުމާކޮށްފައިވާ އެއާޕޯޓެއްކަން ފާހަގަކޮށްލެވެއެވެ.

މިހާރު މި ޓާމިނަލު އޮރާޓު މަރުހަލާގެ ދަށުން ފަހަރަކު އެއާލައިނެއް ބަދަލުކުރަމުންދާއިރު، ދާދިފަހުން އެއާ އިންޑިއާގެ ފްލައިޓުތަކަށް ވަނީ އައު ޓާމިނަލުން ހިދުމަތް ދޭން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: