ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ކަރަންޓު މައްސަލައަށް މަހެއްހާ ދުވަހުގެ ތެރޭގައި ދާއިމީ ޙައްލު ގެންނާނެކަމުގެ ޔަޤީންކަން ފެނަކައިން ދޭ: އަޒާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫޤް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދާއިމީ ގޮތެއްގައި ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން ފެނަކައިން ދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫޤް ވިދާޅުވެއްޖެއެވެ.

މެމްބަރު އަޒާން މިކަން ހާމަކުރެއްވީ އައްޑޫ ސިޓީގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އައްޑޫ ރައްޔިތުންގެ ދުވަސްވީ ތަކުލީފުތަކާ ގުޅޭ ގިނަ މުހިއްމު މަޝްރޫއުތަކެއްގައި ވަނީ ސޮއިކުރެވިފައެވެ. އެގޮތުން އެންމެ ފަހުން ސޮއިކުރެވުނު އެއްބަސްވުންތަކާއެކު އައްޑޫ ރައްޔިތުންގެ އުއްމީދު ވަރަށް ބޮޑަށް އާވެގެން ގޮސްފައިވާކަމަށް އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އަބަދުވެސް އޮންނަނީ ކަރަންޓުގެ މައްސަލައާއި އައްޑޫ ލިންކް ރޯޑު މަރާމާތު ކުރުމުގެ ވާހަކަ ކަމަށެވެ. އަދި މެމްބަރުން މި ދައުރަށް އިންތިޚާބުވީއްސުރެ ރައްޔިތުން އެންމެ ބޮޑަށް ކުރަމުންދާ ޝަކުވާއަކީވެސް އެއީކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިހާރު ލިންކް ރޯޑު މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވުމަކީ ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އަޒާން ސިފަކުރެއްވިއެވެ.

ކަރަންޓުގެ މައްސަލައަށް އަލިއަޅުވާލައްވަމުން އަޒާން ވިދާޅުވީ، ކައުންސިލާއި ފެނަކައާއެކު ބޭއްވި ބައްދަލުވުމުގައި އައްޑޫގެ ކަރަންޓު މައްސަލަ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދާއިމީ ގޮތެއްގައި ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން ފެނަކައިން ދީފައިވާކަމަށެވެ.

މީގެ އިތުރުން، އައްޑޫގެ އިޤްތިސާދު ފުޅާ ކުރުމަށްޓަކައި އައްސޭރި ޓޫރިޒަމްގެ ދަށުން ގިނަ މަސައްކަތްތަކެއް މިހާރު ފެށިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މިކަންކަމުގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތާއި އިތުރު އުފާވެރިކަން ގެނެސްދޭނެކަމަށް އަޒާން ވިދާޅުވިއެވެ.

މެމްބަރު އަޒާން ވަނީ ހަންކެޑެ މަޝްރޫއު ލަސްވެގެން ދިޔަ ސަބަބުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އައްޑޫ ސިޓީގައި މުހިއްމު މަޝްރޫއުތަކެއްގައި ސޮއިކޮށްފައިވާއިރު، އައްޑޫ ސިޓީގެ ގުޅިފައިވާ ތިން ރަށެއްގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތްވެސް ވަނީ މިހާރު ބަޔަކާ ޙަވާލުކޮށްފައެވެ. މިކަންކަމުން ދައްކުވައިދެނީ އައްޑޫގެ ތަރައްޤީއަށް ސަރުކާރުން ދެމުންގެންދާ އިސްކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: