އަލަށް ސޮއިކުރެވިގެން ދިޔަ 216 މަޝްރޫއާއެކު ތަރައްޤީގެ ގިނަ މަސައްކަތްތަކެއް 123 ރަށެއްގައި ފެށިގެންދާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތަރައްޤީގެ މަޝްރޫއުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް އެއް ފަހަރާ އެންމެ ގިނަ ކުންފުނިތަކާ ޙަވާލު ކުރެވިގެން ދިޔަ ދުވަސް ކަމަށެވެ. އެހެންކަމުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ރައީސް ވަނީ ޝުކުރު ދަންނަވާ މަރުޙަބާ ދަންނަވާފައެވެ.
ރައީސް ވިދާޅުވީ، މިހާރު ސޮއިކުރެވިގެން މި ދިޔަ 216 މަޝްރޫއާއެކު ތަރައްޤީގެ ގިނަ މަސައްކަތްތަކެއް 123 ރަށެއްގައި ފެށިގެންދާނެ ކަމަށެވެ. މި މަސައްކަތްތައް ޙަވާލުކޮށްފައިވަނީ 153 ކުންފުންޏަކާއެވެ.
މިއީ އެއްފަހަރާ އެއްދުވަހެއްގައި ހަމައެކަނި ދިވެހި ޕްރައިވެޓް ސެކްޓަރ އާ ޙަވާލު ކުރެވިގެން މަޝްރޫއުތައް ސޮއިކުރެވޭ ފަހަރު، އެގޮތުން 153 ކުންފުންޏެއް މިވަނީ މަސައްކަތްތަކާ ޙަވާލުވެފައި
ރައީސް ވަނީ ކޮންމެ ކުންފުންޏަކުންވެސް ޙަވާލުވި މަސައްކަތް ނިންމުމަށް ސަރުކާރުގެ އިދާރާތަކުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި މަޝްރޫޢުތައް ހިމެނޭ ދާއިރާތަކަށް ބަލާއިރު، ތަޢުލީމީ، ޞިއްޙީ، އަމަން އަމާންކަން ޤާއިމުކުރުމުގެ، އަދި މަތީ ތަޢުލީމުގެ ދާއިރާ ހިމެނޭހެން، ޖުމުލަކޮށް ހުރިހާ މުހިންމު ދާއިރާތައް ހިމެނެއެވެ. މިއީ ރާއްޖޭގެ މުޅި ޤައުމީ ތަރައްޤީއަށް އެކުލެވޭ ބޮޑު ޕެކޭޖެކެވެ.

