ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ ތެރޭގައި އުފެދޭ ފުރުސަތުގެ ފޮނިމީރުކަން އެންމެ ފުރަތަމަ ލިބެންވާނީ ދިވެހިންނަށް: ޒަމީރު

ފިނޭންސް މިނިސްޓަރ މޫސާޒަމީރު : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ ތެރޭގައި އުފެދޭ ފުރުސަތުގެ ފޮނިމީރުކަން އެންމެ ފުރަތަމަ ލިބެންވާނީ ދިވެހިންނަށްކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ކުންފުނިތަކަށް ބަހާލައިގެން 206 އަށް ވުރެ ގިނަ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މި މަޝްރޫއުތަކުގެ ސަބަބުން ދިވެހި ގޭބިސީތަކާއި ވިޔަފާރިތަކަށްވެސް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި މަޝްރޫއުތަކުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންވެސް އިތުރަށް ބާރުވެރި ކުރުވޭނެ ކަމަށާއި، އިންވެސްޓްމަންޓުތައް ކުރުމުގެ މަގުވެސް ފަހިވެގެންދާނެ ކަމަށެވެ. އަދި މިއީ އިންވެސްޓަރުންނާއި ކޮންޓްރެކްޓަރުންނާއެކު ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތްތަކެއްކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ދިވެހިންނަށް ވިޔަފާރި ކުރުމުގެ މަގު ތަނަވަސްވެފައި އޮންނަން ޖެހޭނެކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މާލީ ވުޒާރާއިން ޤަބޫލު ކުރާ ގޮތުގައި ދިވެހިންގެ ތެރޭގައި އުފެދޭ ފުރުސަތުތަކުގެ ފޮނިމީރުކަންވެސް ފުރަތަމަ ލިބެންވާނީ ދިވެހިންނަށް ކަމަށެވެ. އަދި މިއަދު މި ދެކޭ ދިވެހިންގެ ރާއްޖޭގެ އަސާސަކީވެސް އެއީކަން މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މާލީ ވުޒާރާގެ ނަޒަރުގައި ދިވެހި ރާއްޖޭގައި ވިޔަފާރި ކުރަންވާނީ ދިވެހިން، ދިވެހިންގެ ތެރޭގައި އުފެދޭ ފުރުސަތުގެ ފޮނިމީރުކަން ލިބެންވާނީ އެންމެ ފުރަތަމަ ދިވެހިންނަށް، ދިވެހިންގެ ރާއްޖޭގެ އަސާސަކީވެސް މިއީ،

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން މި ނަތީޖާތައް ދިވެހިންނަށް ޙާސިލު ކޮށްދޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު އިޝާރާތް ކުރެއްވި ގޮތުގައި، ކޮންޓްރެކްޓަރ ފައިނޭންސިންގ މޮޑެލް ބޭނުންކުރުމުގެ ސަބަބުން، ބޭންކުތަކުގެ ފައިނޭންސިންގއާއި އިތުބާރުކުރެވޭ ކޮންޓްރެކްޓަރުންގެ ތަޖުރިބާ އަވަސް މިނެއްގައި ހޯދޭނެއެވެ. އަދި، ރިސްކް މެނޭޖްކުރުމަށް އެންމެ އެކަށީގެންވާ ފަރާތްތަކަށް، އެ ރިސްކު ބަހާލެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: