ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރައަށް ގެނައި ބަދަލުތަކުގައި ތަފާތު ކުރުމެއް ވާނަމަ ހައްލުކުރާނަން: ރައީސް

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ސިވިލް ސާވިސް / ކޮމިޝަންއާއި ނޭޝަނަލް ޕޭކޮމިޝަން ހާޟިރުކުރުން / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުސާރައަށް ގެނައި ބަދަލުތަކުގައި ތަފާތުކުރުމެއް ވާނަމަ ހައްލުކުރާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކަންކަން ކުރެވިފައިވާ މިންވަރު މިނަނީ ނަތީޖާއަށް ބަލައިކަމަށެވެ. އެގޮތުން ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުން އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއާއިއެކު މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ފާހަގަކުރެއްވިއެވެ.

މުވައްޒަފުންގެ މެދުގައި މިކަމާއި ގުޅިގެން އެއްވެސް ހާލެއްގައި، އެއްވެސް ކަހަލަ ކަންބޮޑުވުމެއް އޮތްކަމަށްވާނަމަ، އެ މުވައްސަސާއެއްގެ ކަމާއި ބެހޭ ބޭފުޅުން ޕޭ ކޮމިޝަނާއިއެކު އެ މައްސަލަތައް ބައްލަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަފާތުކުރުންތަކެއް ނުވަތަ މައްސަލަތަކެއް ހުރިނަމަ، އެކަންކަން ހައްލު ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ނެރެން މި ބޭނުންވާ ނަތީޖާއަކީ ހުރިހާ ފަރާތްތަކަކަށްވެސް ލިބޭ އަސާސީ މުސާރަ ބޮޑުކުރެވި، އާންމުކޮށް ލިބޭ މުސާރަ ކޮންސިސްޓެންޓްލީ ބޮޑު މުސާރައެއް ލިބިގެންދާ ގޮތަށް އެ މުވައަޒަފުން އެ ކުރާ މަސައްކަތް އަގު ވަޒަން ކުރެވުން.

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެކަށީގެންވާ އުޖުރައެއް ދީ، މުވައްޒަފުންގެ ގާބިލުކަމަށް ބަލާ ރަނގަޅު މުސާރައެއް ދިނުންކަމަށެވެ. މަގާމުގެ ޒިންމާއަށް ބަލާ ރަނގޅަށް ހާމަނައިޒްކުރުމުގެ މަސައްކަތަކީ ސަރުކާރުން ހާއްސަ އަހަމިއްޔަތުކަމެއް ދެއްވާ މަސައްކަތެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި ނިޒާމުގެ ތެރެއަށް ދެން ހިޖުރަ ކުރާނެ ފަރާތްތަށް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓުގައި ހިމަނާފައިވާނެކަމަށެވެ. ސަރުކާރުން ވީ ވައުދުތައް ފުއްދާނީ ބަދަލުތަކެއް ނުގެނެސްކަމަށްވެސް ވިދާޅުވިއެވެ. މުޅި ނިޒާމު އެކީ ގުޅިގެން ކުރަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސަރުކާރަށް ކުރެވިފައިވާ މަސައްކަތްތައް އެކި ދާއިރާތަކުން ތަފްސީލުތަކާއިއެކު ސަރުކާރުން ހިއްސާ ކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: