ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންހާ ގޮތަކަށް ބިދޭސީންނަށް ރާއްޖޭގައި ނޫޅެވޭނެ، އުޅެން ޖެހޭނީ ގާނޫނާއި ގަވައިދާ އެއްގޮތަށް: އިހުސާން

ހޯމ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބިދޭސީން އުޅޭން ޖެހޭނީ ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް، އަދި ހުއްދަ ދީފައިވާ މަސައްކަތްތައް ކުރަން އެކަނިކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކޮށް، ރާއްޖޭގައި އުޅޭ ޖުމްލަ ބިދޭސީންގެ އަދަދު ދެނެގަތުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން ގިނަ އަދަދެއްގެ ބަޔަކު ޑީޕޯޓުކޮށް، ބިދޭސީން އާންމުކޮށް އުޅޭ ސަރަހައްދުތައް ބަލައިފާސްކޮށްފައި ވެއެވެ.

މިއާއި އެކު ބިދޭސީ މަސައްކަތްތެރިންގެ ފީތަކާއި ގުޅޭ ގޮތުން ހަރުކަށި އުސޫލުތައް އެކުލަވާލައި، ފީތައް ނުދައްކާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

”ރައީސް މުއިއްޒާއި އެކު ދެ އަހަރު“ ހާއްސަ ކަވަރޭޖަށް ދެއްވި އިންޓަވިއެއްގައި އިހުސާން ވަނީ މި މައްސަލަ މީގެ ކުރިން އޮތް ހިސާބާއި މައްސަލަ ހައްލު ކުރުމަށް އަޅަމުން ގެންދާ ފިޔަވަޅުތައް ފާހަގަކުރައްވާފަ އެވެ.

މި މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައި ވަނީ ވަރަށް ސާފު ހަރުކަށި އުސޫލުތަކެއްކަމަށް އިހުސާން ވިދާޅުވި އެވެ.

މިއީ ކުރީގެ އެތައް ސަރުކާރަކުން ހައްލު ކުރާނެކަމަށް ރައްޔިތުންނަށްވީ ވައުދެއް ނަމަވެސް، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ އެތައް ޑޮލަރެއް އުސޫލާއި ހިލާފަށް ބޭރު ކުރަމުން ދިޔައިރު ވެސް އެޅުނު އެއްވެސް ފިޔަވަޅެއް ނެތްކަމަށް އިހުސާން ވިދާޅުވި އެވެ. އަދި ބިދޭސީން ރާއްޖޭގައި ތިބި އަދަދާއި، އެ މީހުން ދިރިއުޅޭ ސަރަހައްދާއި ގުޅޭ މައުލޫމާތުތައް އެއްކޮށް މައްސަލަ ގޯސްވެފައިވާ ހިސާބުތައް ދެނެގަތުމަށް ރައީސް މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި މި މައްސަލަ ދުވަހުން ދުވަހަށް ބޮޑުވަމުން އައި އެއް ސަބަބަކީ، މިކަމާ ގުޅޭ މުއައްސަސާތައް އެކި މިނިސްޓްރީތަކުގެ ދަށުން މަސައްކަތްކުރުމުގެ ސަބަބުން ހަރުދަނާ އަދި އަވަސް ކޯޑިނޭޝަނެއް ނެތުންކަމަށެވެ. އެހެންކަމުން، ރައީސް މުއިއްޒު އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ، ހޯމް ސެކްޓަރ އެކުލަވާލެއްވިއިރު މި މައްސަލަ ހައްލުކުރެވޭ ހުރިހާ ދިމާލެއް އެއް މުއައްސަސާއެއްގެ ދަށުން، އެއް ވުޒާރާއެއްގެ ދަށުން މަސައްކަތްކުރާގޮތަށް ބަދަލު ގެންނެވުންކަމަށް އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިކަމުގެ ސަބަބުން މިހާރު ވަރަށް ބޮޑު ކާމިޔާބީއެއް ފެންނަމުންދާކަމަށެވެ. އެގޮތުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީ، އިމިގްރޭޝަން، ފޮރިން ލޭބަރ ޑިޕާޓްމަންޓް، އަދި ފުލުހުން ވެސް މިހާރު މަސައްކަތް ކުރަނީ އެއް މިނިސްޓްރީއެއްގެ ދަށުން ހަރުދަނާ ކޯޑިނޭޝަނެއްގެ ތެރެއިންކަން ފާހަގަކުރެއްވި އެވެ. މީގެ ސަބަބުން މި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ދައުލަތުގެ ހުރިހާ އިދާރާއެއްގެ މަސައްކަތް އެއްވެ، އިތުރު ކުރިއެރުމެއް ލިބިގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގަ ސަރުކާރުތަކުން މިއަށް އަޅާނުލާތީވެ، ބައެއް ރަށްރަށުގަ މީހުން މިތިބީ ގަބޫލުކޮށްގެން މިދެން ދުވަހަކުވެސް އަޅުގަނޑުމެންތެރެއިން ހައްލުނުވާނެ މައްސަލައެކޭ.. އެހެންވީމަ އެބޭފުޅުން މިތިބެނީ ވިސްނައިގެން މީ ދެން ބިޒްނަސް އެޒް ޔޫޝުއަލްއޭ… ދެން މިއާއެކު ކުރިއަށް ދާންވީއޭ. އަޅުގަނޑުމެންގެ މިއަދުގެ ރައީސް އެކަން ގަބޫލުފުޅެއް ނުކުރައްވަވާ… ރައީސް ވިދާޅުވަނީ އަޅުގަނޑުމެންގެ ތެރޭގައި ބިދޭސީން އުޅެންޏާ އުޅެންޖެހޭނީ ރާއްޖޭގެ ގާނޫނާ ގާވާއިދާ އެއްގޮތަކަމަށް. އެމީހުންނަށް ހުއްދަ ދީފައިވާ މަސައްކަތްތައް ކުރަން އެކަންޏޭ. ބޭނުންހާ ގޮތަކަށް ރާއްޖޭގައި ނޫޅެވޭނޭ… އެ ލައިން ރައީސް ވަރަށް ކްލިއަރކޮށް ޑްރޯކޮށްލައްވާފައި އޮތީ. އެހެންވީމާ އެންފޯސްމަންޓް އޭޖެންސީތަކަށް ވެސް އަޅުގަނޑުމެންނަށް ވަރަށް ކްލިއަރ މީކީ ލައިޓްކޮށް ނަގަންޖެހޭ ކަމެއް ނޫންކަމަށް.

މި މައްސަލަ ހައްލު ކުރުމަށް ރައީސް މުއިއްޒު ދެއްވާފައިވާ އިރުޝާދަށް އަލިއަޅުއްވާލައްވައި އިހުސާން ވިދާޅުވީ، ރައީސް ގަވާއިދުން ހަފްތާއަކު އެއްފަހަރު މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާކަމަށެވެ. މިކަމަށް ބޭނުންވާ ސަމާލުކަން އަދި ރިސޯސްތައް ހޯދައި، ރާއްޖޭގެ ހުރިހާ ކައުންސިލްތަކެއްގައި އިނގިލީގެ ނިޝާން ނަގައި، ފޮޓޯ ނެގޭނެ ގޮތްތައް ހަމަޖައްސައި، ކައުންސިލްތަކުގެ މުވައްޒަފުން ބާރުވެރިކޮށް ތަމްރީނުތައް ވެސް ކުރިޔަށް ގެންދެވިފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ބޯޑަރުތަކުގައި ވެސް ބަޔޯމެޓްރިކްސް ސިސްޓަމްތައް ގާއިމުކޮށް، ފަސޭހައިން މީހުން ދެނެގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން މި މައްސަލައަށް އެކަށީގެންވާ ސަމާލުކަމެއް ނުދޭތީ، ބައެއް ފަރާތްތަކަށް ގަބޫލު ކުރެވިފައި އޮތީ މިއީ ދުވަހަކު ވެސް ހައްލު ނުވާނެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އެ ވިސްނުން ބަދަލުކޮށް ރައީސް ދެއްވާ ޖަވާބަކީ އިހުސާން ވިދާޅުވި ގޮތުގައި ރާއްޖޭގައި ބިދޭސީން އުޅޭން ޖެހޭނީ ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް، އަދި ހުއްދަ ދީފައިވާ މަސައްކަތްތައް ކުރަން އެކަނިކަމަށެވެ. އަދި ބިދޭސީން ބޭނުންހާ ގޮތަކަށް ރާއްޖޭގައި ނޫޅެވޭކަމަށް ވަރަށް ސާފުކޮށް ރައީސް ވިދާޅުވެފައިވާކަން ފާހަގަކުރެއްވި އެވެ.

ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް މިއީ ލުއިކޮށް ނަގަންޖެހޭ ކަމެއް ނޫންކަމަށް ވަރަށް ސާފުކޮށް ރައީސް އަންގާފައިވާކަމަށާއި، މި މައްސަލައަށް ހައްލެއް ނުގެނެސް ދޫނުކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމާލުމަށް، ތަރުތީބުން ރޭވިގެންކަމަށާއި، މިހާތަނަށް ދެލައްކައެއްހާ މީހުންގެ އިމގިލީގެ ނިޝާނާއި ބަޔޯމެޓްރިކް ޑޭޓާ ނަގާފައިވާކަމަށް އިހުސާން ހާމަކުރެއްވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ މި ސަރުކާރުން ބިދޭސީން ވިޔަފާރިކުރާކަށް ޓޮލެރޭޓެއް ނުކުރާނެކަމަށެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށާއި، ރެސްޓޯރަންޓްތަކަށާއި، ކަންމަތީ ފިހާރަތަކަށާއި، ދަނޑުވެރިންނަށް ލިބެމުންދާ ގެއްލުންތަކާއި، ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ހުއްޓުމެއް ގެނެވޭނެކަމަށް އިހުސާން ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: