ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންއަށް ހުކުމް ކުރުން މިއަދު، ގާޒީ ހައިލަމް ޖޭއެސްސީގައި!

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑާ ކުރުމުގެ ދައުވާގެ ހުކުމް އިއްވުން މިއަދު މެންދުރު ފަހު 1:00 އަށް ތަވާލް ކޮށްފައި ވަނިކޮށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށް އޭނާގެ ސުލޫކީ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. 

އިސް ގާޒީ ހައިލަމް ޖޭއެސްސީއަށް ހާޒިރުކޮށްފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. ޖޭއެސްސީގެ ބައްދަލުވުންތައް އާންމު ގޮތެއްގައި ބާއްވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހުއެވެ. 

ގާޒީ ހައިލަމް ޖޭއެސްސީއަށް ހާޒިރުކޮށްގެން ޖޭއެސްސީގެ ބައްދަލުވުން ކުރިއަށް ގެންދަނީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖަކާ ގުޅިގެންނެވެ، އެ މެސެޖްގައި ހިމެނޭ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ. އޭގެ އިތުރަށް ބާޣީ ލުތުފީ އާއި އެހެން ވެސް ބަޣާވާތާ ގުޅޭ މީހުން ކުރެހުމުގައިވެ އެވެ.

ހައިލަމް ޖޭއެސްސީއަށް ހާޒިރުކޮށްގެން ސުލޫކީ މައްސަލަ ބަލަމުންދާއިރު އޭނާ ވަނީ ނަސްރުގެ ދުވަހާއި ގުޅިގެން ކުރި ޕޯސްޓަށް މާޢާފަށް އެދިވަޑައިގެންފައެވެ. 

ހަމައެހެންމެ ރައީސް ޔާމީންގެ މައްސަލަ ތާވަލް ކޮށްފައި ވަނިކޮށް ގާޒީ ހައިލަމް ޖޭއެސްސީއަށް ހާޒިރުކޮށްގެން މައްސލަަ ކުރިއަށް ގެންދާތީ އިދިކޮޅު މެމްބަރުން ދަނީ މަޖިލީޙުގެ ތަޅުމުގައި އިހުތިޖާޖު ކުރަމުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: