ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކީ ފަލާހު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އިންތިހާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕެއިން މެނޭޖަރަކީ އެޕާޓީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާޙް ކަމަށް ޕީއެންސީން ހާމަކޮށްފިއެވެ.

މާޗު މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުތަކަށް ޕީއެންސީން ވަނީ ބޮޑު އިސްކަމެއް ދީ، ކެމްޕެއިންގެ މަސައްކަތްތައް ފަށާފައެވެ.

ޕީއެންސީން ބުނެފައިވާ ގޮތުގައި، މި އިންތިހާބުގައި ބޮޑު ނަތީޖާއެއް ހޯދާ، އިންތިހާބު ކާމިޔާބު ކުރުމަކީ އެ ޕާޓީގެ މިވަގުތުގެ އަމާޒެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަވެރި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ. ފަލާހު ކެމްޕެއިން މެނޭޖަރުގެ މަގާމަށް ހަމަޖެއްސުމަކީ، މި އިންތިހާބަށް ޕީއެންސީން ދެމުންދާ ސީރިއަސްކަން ދައްކުވައިދޭ ކަމެކެވެ.

ކައުންސިލް އިންތިހާބަށް އައިސްފައިވާ މުހިންމު ބަދަލުތައް

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ގިނަ ބަދަލުތަކެއް ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގެނެސްފައެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާޙުތަކުގެ ތެރޭގައި ކައުންސިލަރުންގެ އަދަދު މަދުކުރުމާއި، އަތޮޅު ކައުންސިލްތައް އުވާލުން ހިމެނެއެވެ. މި ބަދަލުތައް ގެނައުމުގެ މަޤްސަދަކީ ލާމަރުކަޒީ ނިޒާމުގެ ހިންގުން ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމާއެކު، ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމެވެ.

އާ އިސްލާޙުގެ ދަށުން ރަށު ކައުންސިލްތަކުގެ އެކުލެވުމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ރަށްރަށުގެ ކައުންސިލްތަކަށް އިންތިޚާބު ކުރާނީ ކައުންސިލް ރައީސް ހިމެނޭހެން 3 ކައުންސިލަރުންނެވެ. 2000 މީހުންނަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ރަށްރަށުގެ ކައުންސިލްތަކަށް އިންތިޚާބު ކުރާނީ ކައުންސިލް ރައީސް ހިމެނޭހެން 5 ކައުންސިލަރުންނެވެ. މީގެ ކުރިން ކޮންމެ ރަށު ކައުންސިލެއްގައިވެސް 5 މެންބަރުން ތިއްބެވެ.

ސިޓީ ކައުންސިލްތަކަށްވެސް ވަނީ ބަދަލުތައް އައިސްފައެވެ. މާލެ ސިޓީއާއި ފުވައްމުލައް ސިޓީ ފިޔަވައި އެހެން ސިޓީތަކަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރޭގައި އާބާދީއާ ގުޅޭގޮތަށް ކައުންސިލަރުންގެ އަދަދު ކަނޑައަޅާފައިވެއެވެ: 10,000 އާއި 25,000 ދެމެދުގެ އާބާދީއެއްނަމަ މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން، 25,000 އާއި 50,000 ދެމެދުގެ އާބާދީއެއްނަމަ 11 ކައުންސިލަރުން، އަދި 50,000 އަށްވުރެ އިތުރުނަމަ 15 ކައުންސިލަރުން ހިމެނެއެވެ.

ޑަބްލިޔުޑީސީ އަށް އައިސްފައިވާ ބަދަލުތައް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ އޮނިގަނޑަށްވެސް މުހިންމު ބަދަލުތަކެއް ވަނީ އައިސްފައެވެ. ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ އަދަދު ކައުންސިލަރުންގެ އަދަދާ އެއްވަރުވާނެއެވެ. އަދި ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނީ ކައުންސިލް ރައީސް އިންތިޚާބު ކުރާ ގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ. އެންމެ މުހިންމު އެއް ބަދަލަކީ، އަންހެނުންގެ ކޮމިޓީގެ ރައީސްގެ މަޤާމަކީ ފުލްޓައިމް މަޤާމެއް ކަމަށް ހަމަޖެއްސުމެވެ، މިކަމުގެ ސަބަބުން މި ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 75%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: