ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހުތަކަށް، ބާރުތައް ލިބޭ ދުވަހު އެމްޑީޕީން ބަދަލެއް ނުގެންނާނެ: ޝަރީފް

ކެލާ ދާއިރާގެ މެމްބަރު ޝަރީފް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރު ލިބޭ ދުވަހަކުން އިދިކޮޅު އެމްޑީޕީން ވެސް ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެނައި ބަދަލުތައް އަލުން ކުރިން އޮތް ގޮތަށް އިސްލާހު ނުކުރާނެކަމަށް ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ”ސަންގު“ ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ލާމަރުކަޒީ ނިޒާމަށް އެންމެ ފަހުން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލްތައް އުވާލުމާއި، ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރުމަށެވެ. މަޖިލީހުން މި ހަފްތާގައި ފާސްކުރި އިސްލާހުގައި ވަނީ 2،000 މީހުންނަށް ވުރެ ދަށް އާބާދީތަކަށް ދެން ހޮވާނީ 03 ކައުންސިލަރުން ކަމަށެވެ. އަދި އެއަށް ވުރެ މަތީގެ އާބާދީގެ ރަށްތަކަށް ހޮވާނީ 05 ކައުންސިލަރުންކަމަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

މި އިސްލާހުތަކާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް އަމަލު ކުރާތާ 15 އަހަރުވެގެން ދިޔައިރު ވެސް، ރައްޔިތުންނަށް އޭގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ނުލިބޭ ކަމަށެވެ. އަތޮޅު ކައުންސިލްތައް އުވާލުމާއި އެކު ގެނައި އިސްލާހަކީ ކުއްލި ގޮތަކަށް އެއްވެސް ދިރާސާއެއް ކުރުމަކާއި ނުލައި ކުރެވުނު މަސައްކަތެއް ނޫންކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝްރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ކުރެއްވި ދަތުރުފުޅުތަކުގައި އެ ރަށްތަކުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވި އެވެ. އަދި ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނެވީ، އެ ކަންބޮޑުވުންތައް އަޑުއައްސަވައިކަމަށް ޝަރީފް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމާއި ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ ވާހަކަ ދައްކާއިރު، މިއީ ދެން އުފެދިދާނެ އެ ޕާޓީގެ ސަރުކާރެއްގައި ބަދަލު ގެންނާނެ އިސްލާހެއްކަމަށް ފާހަގަކުރުމުން ޝަރީފް ވިދާޅުވީ އަތޮޅު ކައުންސިލްތައް އަލުން ވުޖޫދުކޮށްފާނެކަމަށް ނުބެލެވޭކަމަށެވެ. އޭގެ ސަބަބެއްކަމަށް ޝަރީފް ވިދާޅުވީ އަތޮޅު ކައުންސިލްތަކަކީ ނަތީޖާއެއް ނުނެރެވޭ، ހަރަދު ބޮޑު ނިޒާމެއްކަން އެމްޑީޕީން ވެސް ގަބޫލު ކުރުންކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީން ބޭނުން ވަނީ ޑަބްލިއުޑީސީތައް ވެސް އުވާލުމަށް ކަމަށެވެ.

މި އިސްލާހު ގެނެސްފައި ވަނީ ސަރުކާރުގެ މަގުބޫލުކަން ދަށްވެ، ކައުންސިލް އިންތިހާބު ގެއްލިދާނެކަމުގެ ފުރުސަތު އޮތުމުންކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި ޝަރީފް ވިދާޅުވީ އަތޮޅުތައް، އަތޮޅުތަކުގެ ގޮތުގައި ދެމިއޮވެ ތަރައްގީ ވެސް ގެނެވޭނެ ކަމަށެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ ސަބަބުން އަތޮޅުތަކުގެ އަސްލު ގެއްލިގެން ނުދާނެކަމަށާއި، ހަމައެކަނި ބަދަލު އަންނާނީ އަތޮޅުތަކުގެ ކަންކަން ބެލެހެއްޓުމަށް އޮންނަ އިދާރީ ހިންގުމުގެ ނިޒާމަށްކަމަށެވެ.

މި ގާނޫނުގައި އެރަށެއްގެ ނިންމުންތައް ނިންމުމަށް އެރަށުގެ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލްއަކަށް ބާރުދީފައިވާއިރު، އިތުރު ފަށަލައެއް ގެންގުޅެންޖެހޭ ސަބަބެއް ނެތްކަމަށް ޝަރީފް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: