ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްގެ އެހީއާއިއެކު ގާއިމުކުރި ”ހުނަރު ވެހި“އިން ހިންގި ފުރަތަމަ ދެ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއޭސީއެލް (މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް) ގެ އެހީތެރިކަމާއެކު ހުޅުމާލޭ ހުރަވީ ސްކޫލުގައި ގާއިމުކުރި ވޮކޭޝަނަލް ހަބް ކަމަށްވާ ”ހުނަރު ވެހި“ އިން ހިންގި ފުރަތަމަ ދެ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ދެ ކޯހުން ޖުމްލަ 42 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

ހުރަވީ ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑް މެމްބަރު އަދި ޗީފް ކޮމާޝަލް އޮފިސަރ (ސީސީއޯ) މުހައްމަދު މިހާދެވެ. ”ހުނަރު ވެހި“ އަކީ ދަރިވަރުންނަށް އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމަށް އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ގާއިމުކުރި މަރުކަޒެކެވެ. ފުރަތަމަ ދެ ކޯހުގެ ގޮތުގައި ހިންގާފައިވަނީ ނޭޝަނަލް ސެޓްފިކެޓް ލެވެލް 2 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް އަދި ނެޝަނަލް ސެޓްފިކެޓް ލެވެލް 3 އިން ފެޝަން ޑިޒައިން އެންޑް ޓެއިލަރިން އެވެ. މި ދެ ކޯހުގެ ތިން ބެޗަކުން 42 ދަރިވަރުން ވަނީ ކާމިޔާބުކަމާއެކު ދަސްވެނިވެފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީސީއޯ މުހައްމަދު މިހާދު ވިދާޅުވީ، ދަރިވަރުން ކިޔެވުމުގެ ތެރެއިން ދަސްކުރާ ހުނަރުތަކަކީ އެ ދަރިވަރުންގެ މުސްތަގުބަލަށް ވަރަށް މުހިއްމު ފައިދާއެއް ކުރާނެ ކަންތައްތައް ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ހުނަރުވެރި ދިވެހިން ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ތައުލީމީ ނިޒާމުގެ ތެރެއިން މިފަދަ ތަމްރީނު ދެވިގެން ދިނުމަކީ މުހިއްމު ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި، ހުރަވީ ސްކޫލުގައި ގާއިމުކުރި ”ހުނަރު ވެހި“ އަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރެވުނު މުހިއްމު މަސައްކަތެކެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއެރުވުމަށާއި، އުފެއްދުންތެރިކަން އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށް މަގުފަހިކޮށްދޭނެ ކަމަށް އެމްއޭސީއެލްއިން ޔަޤީންކަން ދެއެވެ.

މި މަޝްރޫއަށް އެމްއޭސީއެލްއިން ވަނީ ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، ހުނަރު ވެހިން ހިންގާ ކޯސްތަކަށް ބޭނުންވާ ސާމާނު ވަނީ ހަދިޔާކުރެވިފައެވެ. މީގެ ތެރޭގައި ވަޑާންކުރުމަށާއި، ކަރަންޓާއި ވަޔަރިންގ، އަދި ވެލްޑިންގ ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން، ފަހަން ދަސްކޮށްދިނުމަށް ހިންގާ ކޯސްތަކަށް ބޭނުންވާ ސާމާނު ހިމެނެއެވެ. ހަމައެއާއެކު، ހުނަރު ވެހި ތަރައްގީކޮށްފައިވާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި އެހީތެރިކަންވެސް އެ ކުންފުނިން ވަނީ ފޯރުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: