ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި

ފޮޓޯ: ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފިއެެވެ.

ކަސްޓަމްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގާނޫނާއި ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނިކޮށް، އެ އިދާރާއިން ހިފެހެއްޓި، 1.8 މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފައިވާ ކަމަށެވެ.

މީގެއިތުރުން، އެ ތަކެއްޗަކީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރުމަށްޓަކައި މަސައްކަތްކުރި ޝިޕްމެންޓެއް ކަމަށެވެ. އެގޮތުން، ހިތަދޫ ކަސްޓަމްސްއިން، އެ އުޅަނދު ބަލާފާސްކުރުމުގެ ތެރެއިން، އައްޑޫ ހިތަދޫ ޕޯޓުން އަތުލައިގެންފައިވާ ސިނގިރޭޓްތަކެއް ކަމަށް ކަސްޓަމްސްއިން ބުނިއެވެ.

މި ސިނގިރޭޓުތައް ނައްތާލުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ، އައްޑޫ ހިތަދޫ ޕޯޓް ލިމިޓެޑް ސަރަހައްދުގައި ކަމަށާއި، އެ ތަކެއްޗަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ އާންމު ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެކޮށްފަިއވާ ތަކެތި ކަމަށް ކަސްޓަމްސްއިން ބުނިއެވެ. އަދި، އެ ތަކެތި އެތެރެކުރި މައްސަލަ، ކަސްޓަމްސްގެ ގާނޫނުގެ ދަށުން މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުނިއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގައިވެސް، ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރި، ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސްއިން ވަނީ ނައްތާލައިފައެވެ.

މީގެއިތުރުން، މިފަދަ ގަވާއިދާއި ހިލާފަށް އެތެރެކޮށް އަދި ތަފާތު އެކި މައްސަލަތަކުގައި ގާނޫނު ތަންފީޒު ކުރާ އެކި އިދާރާގެ ބެލުމުގެ ދަށުގައިވާ ނުވަތަ އަތުލައިގެންފައިވާ ތަކެއްޗަކީ ނައްތާލެވޭ ތަކެއްޗެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: