ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ދެވަނަ ކުއާޓާރގެ އުފެއްދުންތެރިކަން އިތުރު: އެމްއެމްއޭ

އެމްއެމްއޭ ބިލްޑިންގ/ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރަށްވުރެ މި އަހަރުގެ ދެވަނަ ކުއާޓާރގައި އުފެއްދުންތެރިކަން އިތުރުކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ރާއްޖޭގެ އިގްތިސާދާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތުގައި ވާގޮތުން 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓާރގައި ރާއްޖޭގެ އުފެއްދުންތެރިކަން ހުރި މިންވަރަށްވުރެ މި އަހަރުގެ ދެވަނަ ކުއާޓާރގައި އުފެއްދުންތެރިކަން 6.7 އިންސައްތައިން އިތުރުވެފައި ވެެއެވެ.

އެހެންކަމުން ފުރަތަމަ ކުއާޓާރގައި އުފެއްދުންތެރިކަން އިތުރުވީ 3.2 އިންސައްތައިންކަމަށްވުމުން ފުޅާވަމުންދާ ދުވެލި އިތުރުވެފައިވާކަމަށް ރިޕޯޓުން ދައްކަަ އެވެ.

ދެވަނަ ކުއާޓާރގައި އުފެއްދުންތެރިކަން އިތުރުވެގެންދިޔަ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަދި މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ފުޅާކުރެވިގެންދިއުން ހިމެނެއެވެ.

މި މުއްދަތުގެ ތެރޭގައި ބޭސްފަރުވާގެ ދާއިރާއިންނާއި އިޖްތިމާއީ މަސައްކަތްތަކުގައިވެސް ކުރިއެރުންތަކެއް ފެނިގެންދިޔައިރު ފަންނީ ދާއިރާތަކުގެ އިތުރުން ރިއަލެސްޓޭޓާއި މާލީ ހިދުމަތްތަކާއި ދަތުރުފަތުރު އަދި މުއާސަލާތުގެ ދާއިރާއިންވެސް ކުރިއެރުންތައް ފާހަގަކުރެވުނު ކަމަށް ބުނެފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓު މަހުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ހުރީ 4.1 އިންސައްތައިގައިކަމަށްވާއިރު ސެޕްޓެމްބަރުގައި ހުރީ 3.9 އިންސައްތައިގައެވެ. އެހެންކަމުން އިންފްލޭޝަންގެ މައްސަލައަށް ލުޔެއް އަންނަމުންދާކަން ވަނީ ބުނެފަ އެވެ.

އެމްއެމްއޭގެ މައުޅޫމާތުތަކުގައިވާގޮތުން މި މުއްދަތުގެ ތެރޭގައި އިންފްލޭޝަން އިތުރުކުރުވި އެންމެ މައިގަނޑު މުދަލަކީ ދުންފަތެވެ.

2024 ވަނަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އާމްދަނީ ލިބުނު މިންވަރު 8 އިންސައްތަ ނުވަތަ 265.9 މިލިއަން ރުފިޔާއިން އިތުުރުކަމަސް ބުނެފައިވެއެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: