ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި

ބާޒާރުމަތީ އުޅަނދު ހު ނެގުމަށް ހަމަޖެހިފައިވާ ޗާޓް: ފޮޓޯ އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތާއެކު އެ ސަރަޙައްދުގެ އެއްގަމު ތޮށިވެސް އަލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާތީ، މިހާރު މަސް ދޯނިތައް އަޅާ ސަރަޙައްދުން އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފިއެވެ.

މި މަސައްކަތްތައް ފެށުމަށްޓަކައި، އެ ސަރަހައްދު ހުސްކުރުމަށް އަންގާފައިވަނީ މިއަދުން ފެށިގެން ކަނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި، ބަނދަރުގެ އެއްގަމު ތޮށި ހެދުމުގެ މަސައްކަތަށް ބާޒާރު މަތީ ސަރަޙައްދުގެ ފަޅުތެރެ ހުސްކުރާނީ 3 ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ހުސްކުރުމަށް އަންގާފައިވަނީ މަސް މާރުކޭޓުން ފެށިގެން 100 މީޓަރުގެ ސަރަޙައްދެވެ. މިއީ މިހާރު މަސް މާރުކޭޓު ކުރިމަތިން މަސް ދޯނިތައް އެޅުމަށް ބޭނުންކުރާ ސަރަޙައްދެވެ. މި ސަރަޙައްދުގައި ހުރި އުޅަނދުތައް މިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ނެގުމަށް ވަނީ އަންގާފައެވެ. ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްތައް 20 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ބަދަލާއެކު ވަގުތީ ގޮތުން އެ އުޅަނދުތައް އަޅާފައި ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އެގޮތުން، އެމްއެމްއޭ (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) ކުރިމަތިން އޮންނަ ސަރަޙައްދުގައި ވަގުތީ ގޮތުން އުޅަނދުފަހަރު އަޅާފައި ބޭއްވޭނެއެވެ. އުޅަނދުފަހަރު އަޅާފައި ބޭއްވޭނެ ސަރަޙައްދުތަކުގައި ފާހަގަތައް ޖަހާފައި ހުންނާނެކަމަށްވެސް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ.

ސަރުކާރުން އަމާޒުކޮށްފައިވަނީ ބާޒާރު މަތި، މުޅި ސަރަޙައްދުގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމުމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގައި، މާލޭގެ ލޯކަލް މާރުކޭޓުން ފަށައިގެން، ނޯތް ހާބަރާ ހަމައަށް ޖުމްލަ 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މި މަސައްކަތް ކުރަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ދެވަނަ އަދި ތިންވަނަ ސެގްމަންޓްގައި ހިމެނޭނީ އަތޮޅުތަކަށް މުދާ އުފުލާ ބޯޓުފަހަރު އަޅަމުންދާ ސަރަޙައްދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: