ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޢިއްޒަތުގެ ބިން“ނަމުގައި ބާއްވާ ދަރުސް ބުރާސްފަތި ދުވަހުގެ ރޭ ބާއްވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟
”ޢިއްޒަތުގެ ބިން“ ނަމުގައި ޕަލަސްތީނުގެ ޤަޞިއްޔާއާއި އެތަނުގެ ތާރީހާއި ގުޅޭގޮތުން ބާއްވާ ދަރުސް މި ބުރާސްފަތީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. 

މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 18 ޑިސެމްބަރުވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގަ، އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. މި ދަރުސްގެ މަގުސަދަކީ، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލައާއި، އެ ރައްޔިތުންނަށް ކުރިމަތިވާ ހަމަލާތަކާއި، އެ ހަމަލާތައް ކުރިމަތިވާ ސަބަބުތައް ދިވެހި ރައްޔިތުންނަށް، އެ މައުލޫމާތުތައް ފޯރުކޮށްދިނުމެވެ.

މީގެއިތުރުން، މި ދަރުސްގައި ފަލަސްތީނުގެ ހައްގުތައް ނިގުޅައިގަނެ، ލާއިންސާނީ އަމަލުތައް ހިންގަމުންދާ، އިސްތިއުމާރީ އިސްރާއިލުގެ ބާރުން ހިންގަމުންދާ އަމަލުތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ދިވެހި ރައްޔިތުންނަށް، ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އަނިޔާތަކާއި ގުޅޭގޮތުން، ދިވެހި ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް މައުލޫމާތުތައް ފޯރުކޮށްދެވޭނެ އެވެ.

މި ދަރުސް އިންތިޒާމުކޮށް ގެނެސްދެނީ، އިސްރާ އެސޯސިއޭޝަނުންނެވެ. އެގޮތުން، މި ދަރުސްދެއްވާނީ  އައްޝައިހް މުހައްމަދު އަނީލްއާއި އައްޝައިހް ޢާޒިމް ހާލިދުއެވެ. މި ދަރުސްގެ މެއިން ސްޕޮންސަރަކީ، ދަތުރުވެރިޔާއެވެ.

އައިއެސްއާރްއޭ ޖަމިއްޔާއަކީ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެދޭ ޖަމިއްޔާއެކެވެ. އެގޮތުން، މި ޖަމިއްޔާއިން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެދިނުމުގެ ގޮތުން، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވާ ދަތިހަލާއި މެދު ހޭލުންތެރިކަން އިތުރުކޮށް، ފައިސާ އެެއްކޮށް، އަޑުއުފުލުނުންގެ ޒަރިއްޔާއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: