ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ތެރޭގައި 865 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފުލުހުންގެ އިދާރާއިން ސީޒްކޮށްފައިވޭ: ފުލުހުން

ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

 މިއަހަރުގެ ތެރޭގައި ރާއްޖޭގެ މަގުމަތީ ބާޒާރު އަގަށް ބަލާއިރު، 865 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފުލުހުންގެ އިދާރާއިން ސީޒްކޮށްފައިވާ ކަމަށް ފުލުހުންގެ ކޮމިޝަނަރ އިސްމާއިލު ނަވީން ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން، މި މުއްދަތުގެ ތެރޭގައި 14،950 މީހުންގެ ހަށިގަނޑު ބަލާފާސްކުރެވި، މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން 951 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށް ވެސް ނަވީން ހާމަކުރެއްވިއެވެ.

ހޯމް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަވީން ވިދާޅުވީ، 2025 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 15 ވަނަ ދުވަހާއި ހަމަޔަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން 14،950 މީހުންގެ ހަށިގަނޑު ބަލާފާސްކުރެވިފައިވާ ކަމަށެވެ. އަދި، މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން ހައްޔަރުކުރެވުނު 951 މީހުންގެ ތެރެއިން 121 ބިދޭސީން އިމިގުރޭޝަނަށް ހަވާލުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓްމެންޓުން މި މުއްދަތުގައި 181 އޮޕަރޭޝަން ހިންގައިފައިވާ ކަމަށް ވެސް ނަވީން ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 656 ކޭސް ލޮޖް ނުވަތަ ފައިލްކުރެވިފައިވާއިރު، އޭގެތެރެއިން 263 ކޭހެއް ވަނީ ޕީޖީ (ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް) އަށް ފޮނުވިފައި ކަމަށް ނަވީން ވިދާޅުވިއެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި 291 ފަރާތެއް، ނޭޝަނަލް ޑްރަގު އޭޖެންސީ (އެންޑީއޭ) އާއި ހަވާލުކޮށް، ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްކުރެވިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފުލުހުންނާއި އިމިގުރޭޝަން ގުޅިގެން ހިންގާ ޖޮއިންޓު އޮޕަރޭޝަންތަކުގެ ތަފާސްހިސާބުތައް ހާމަކުރައްވަމުން ނަވީން ވިދާޅުވީ، މި އަހަރުގެ ތެރޭގައި 102 އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ. މި އޮޕަރޭޝަންތަކަކީ މާލެ ސަރަހައްދާއި އަތޮޅު ތެރޭގައި ހިންގުނު އޮޕަރޭޝަންތަކެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ގަވާއިދާ ހިލާފު 830 ބިދޭސީން އިމިގުރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށާއި، އިމިގުރޭޝަނުގެ ގާނޫނާއި ގަވާއިދާ ހިލާފުވެގެން 278 ފަރާތެއް ވެސް އިމިގުރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ.

ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ވަރަށް ހަރުކަށި ސިޔާސަތެއް ގެންގުޅެމުންދާކަން ފާހަގަކުރައްވަމުން، ނަވީން ވަނީ މިދިޔަ އޮގަސްޓު 13 ވަނަ ދުވަހު ހިންގި ބޮޑު އޮޕަރޭޝަނެއް ކަމަށްވާ ”އޮޕަރޭޝަން އަލިމަގު“ގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މި އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒް ޑިޕާޓްމެންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވުނު ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށް ވުރެ ގިނަ ތަންތަނުގައި، އެއްވަގުތެއްގައި ބަލައި ފާސްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ. މި ތަފާސްހިސާބުތަކުން ދައްކުވައިދެނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ފުޅާކަމާއި، އެކަމަށް ދެވިފައިވާ އިސްކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: