ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީން ހުޅުމާޅޭގެ ހިޔާ ޓަވަރުތަކުގެ ބޭރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފަށައިފި

ހިޔާގެ ޓަވަރުތަކުގެ ބޭރުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓުގެ ޓަވަރުތަކުގައި އިތުރު ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީސީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަަށް ޓަވަރުތަކުގައި ސީސީޓީވީ ކެމެރާތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ކެމެރާތާކުގެ އެހީގައި ހިޔާ ސަރަހައްދު މޮނީޓާކޮށް ބެލެހެއްޓުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ސީސީޓީވީ ކެމެރާ ހަރުކުރަނީ ހިޔާގެ ޓަވަރުތަކުގެ ބޭރުގައެވެ. ހިޔާގެ ޓަވަރުތަކުގެ އެތެރޭގައި ކޮންމެ ފުލޯއަކާއި ސިޑިގޮޅިތަކާއި ލިފްޓުތަކާއި ބޭސްމަންޓުގައި މިހާރު ވެސް ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރެއެވެ.

ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަން އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް ވެސް އެޗްޑީސީން މި ހަފުތާގައި ވަނީ ތައާރަފުކޮށްފައެވެ.

ބޮޑު އާބާދީއެއް ދިރިއުޅޭ ހިޔާ ފްލެޓުގެ 16 ޓަވަރު ހުޅުމާލެ 2 ގައި ހުރެއެވެ. އެޗްޑީސީން އަންނަނީ އެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: