ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް 3 ހިއްކުމުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެ

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފިޔަވަހި 3 ގެ ބިން ހިއްކުމުގެ މަސައްކަތުގެ 63 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްއިން މި މަޝްރޫއާއި ގުޅޭ މައުލޫމާތު ދެމުން ބުނީ، ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން، 40 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށެވެ. އެއީ، 63 އިންސައްތަ މަސައްކަތް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި، ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކާ ސަރަހައްދުގެ ފުން ބޮޑު ސަރަހައްދެއް ހިއްކާ ނިމިފައިވާއިރު، މިވަގުތު މަސައްކަތްކުރަމުން ދަނީ، ތިލަ ސަރަހައްދުތައް ހިއްކުމުގެ މަސައްކަތެވެ.

ހުޅުމާލެ ބިން ހިއްކުމުގެ މަސައްކަތުގެ ދުވެލިއަށް ބަލާއިރު،  މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ތާވަލަށް ނިމިގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނިއެވެ. އެގޮތުން، ހުޅުމާލެ ފޭސް 3 ހިއްކުމުގެ ދުވެލި އަވަސް ކުރުމަށް އެއްފަހަރާ 2 ޑްރެޖަރެއް ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފަށައިފައިވާއިރު، މި މަޝްރޫއަށް ބޭނުންކުރެވޭ އެއް ޑްރެޖަރަކީ، ޕްރިން ޑެރ ނެޑަރލަންޑެން (22،000 ސީބީއެމްގެ ކެޕޭސިޓީ) އަދި އޮރަންޖޭ (22،000 ސީބީއެމް) ކެޕޭސިޓީ ހުރި، މި ދެ ޑްރެޖަރއެކެވެ.

ހުޅުމާލޭގެ ފޭސް 3 ގެ މަސައްކަތް ސަރުކާރުން އަލުން ފަށާފައި ވަނީ، ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ހުޅުމާލޭގައި ބިން ހިއްކައިފައިވާ ސަރަހައްދުން، ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ 698 ގޯތީގެ ގުރުއަތުލުން ނިންމާލައިފިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ވަނީ ދޫކޮށްފައެވެ. އެގޮތުން 3ވަނަ ފިޔަވަހިން 7 ސައިޒެއްގެ 698 ގޯތީގެ ގުރުއަތުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނަށް ބަލާއިރު:

  • 1650 އަކަފޫޓުގެ 181 ގޯތި
  • 2050 އަކަފޫޓުގެ 242 ގޯތި
  • 2450 އަކަފޫޓުގެ 132 ގޯތި
  • 2850 އަކަފޫޓުގެ 62 ގޯތި
  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650 އަކަފޫޓުގެ 16 ގޯތި
  • 4000 އަކަފޫޓުގެ 24 ގޯތި

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަކީ، ބޯހިޔާވެހި ކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން، ހަލުވިކަމާއިއެކު ނިންމުމަށް މަސައްކަތްކުރަމުންދާ، މުހިއްމު މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: