ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަހަރުގެ ކައުންސިލް އިންތިހާބުގައި 550 މެމްބަރުން މަދުވާނެ: އީސީ

ލޯކަލް ކައުންސިލް އިންތިޚާބެއްގެ ވޯޓު ލުން ތެރެެއިން... ފޮޓޯ/ ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށްއޮތް ކައުންސިލް އިންތިހާބުގައި އައުއިސްލާހު ފާސްކުރުމާއިއެކު 550 މެމްބަރުން މަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

”ސަންގަށް“ މައުލޫމާތު ދެއްވަމުން އީސީން ބުނީ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނެއި އިސްލާހާއިއެކު ކުރިން އިންނަ އަދަދަށްވުރެ މިހާރު އިންނަ އަދަދު މަދުވާނެ ކަމަށެވެ.

މިޙާރު ގެނެވުނު ބަދަލާއިއެކު އަދަދު މެމްބަރުން ހޮވާ އަދަދު މަދުވި ނަމަވެސް މީގެކުރިން އޮންނަ އުސޫލަށް ބަލާއިރު ކޮންމެ 3000އަށް ވުރެ މަދު އަބާދީތަކަށް ހޮވަނީ 7 ކައުންސިލަރުންނެވެ. އެހެންނަމަވެސް ހުށައެޅުނު އިސްލާހުގެ ފަހަށް 2،000 މީހުންނަށް ވުރެ ދަށް އާބާދީތަކަށް ދެން ހޮވާނީ ތިން ކައުންސިލަރުންނެވެ.

2020ގެ އިންތިހާބަށް ހޮވި އަދަދުތައް:

  • ލޯކަލް ކައުންސިލު އިންތިހާބަށް 982 މީހުން ހޮވި
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 930 މީހުން ހޮވި
  • ދެ އިންތިހާބަށް ޖުމްލަ 1912 މީހުން އިންތިހާބުކުރި

ކައުންސިލްތަކަށް ގެެނެސްފައިވާ ބަދަލުގެ ދަށުން މާލެ ސިޓީ ކައުންސިލަށް ހޮވަން ޖެހޭނީ 16 މެމްބަރުންނެވެ. މާލެ ސިޓީ ކައުންސިލްގައި މިހާރު ތިބެނީ 19 ކައުންސިލަރުންނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން 8 މެންބަރުން ތިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. ފުވައްމުލަކަށް އެ އަދަދު ކަނޑައަޅާފައިވަނީ އެ ސިޓީއަކީ 8 އަވަށެއްގެ މައްޗަށް އެކުލެވޭ ސިޓީއެއް ކަމަށް ވާތީ ކަމަށް އިސްލާހުގައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ އަދަދު އިސްލާހުގައި ކަނޑައަޅާފައި ނެތް ނަމަވެސް، އާބާދީގެ ނިސްބަތުން ދެން އެކުލަވާ ސިޓީ ކައުންސިލެއްގައި އެއިން ކޮންމެ ސިޓީއެއް ވެސް އެކުލަވާލަން ޖެހޭނީ މޭޔަރާ އެކު ހަތް ކައުންސިލަރުންގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: