ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާ، 11،12 ކްލާސް ވަގުތު ފޯނު ބާއްވަން ޖެހޭނީ ލޮކަރުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރުން ފެށިގެން، ސްކޫލްތަކުގައި ގްރޭޑް 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ގެންދިއުން މުޅިން މަނާކޮށް، ގްރޭޑް 11 އަދި 12 ގެ ކުދިންނަށް ކްލާސް ގަޑީގައި ފޯނު ބޭނުންނުކުރެވޭނެ ގޮތަށް ލޮކަރު ސިސްޓަމެއް ތައާރަފު ކުރައްވާނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް މިރޭ އޮތް ޖަލްސާގައި ރައީސް ވަނީ، މިދިޔަ އެކި ޖަލްސާތަކުގައި އެމަނިކުފާނަށް ލިބިފައިވާ އެކި ޝަކުވާތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ސްކޫލު ކުދިން، ކްލާސް ވަގުތުތަކުގައި ފޯނު ބޭނުން ކުރާ މައްސަލަ ބޮޑުވެފައިވާކަން ބެލެނިވެރިންގެ ފަރާތުން ވެސް ފާހަގަކުރަމުން ގެންދާކަމަށް ރައީިސް ވިދާޅުވި އެވެ

ރައީސް މުއިއްޒު ވިދާޅުވީ، ސްކޫލްތަކުގައި ކުދިން ފޯނު ބޭނުންކުރުން، ހާއްސަކޮށް ގްރޭޑް 10 އިން ދަށުގެ ކުދިން ފޯނު ގެންދިއުމަކީ ބޮޑުވަމުންދާ މައްސަލައެއްކަމަށާއި، މިހާރުވެސް މިކަމާއި ގުޅޭ ގަވާއިދުތަކެއް ހުރިނަމަވެސް އެކަން ރަނގަޅަށް ތަންފީޒު ނުވާ ކަމަށެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށް، އަންނަ ދިރާސީ އަހަރު ފެށޭ ހިސާބުން، ގްރޭޑް 10 އިން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަށް ފޯނު ނުގެވެނޭކެމަށް ރައީސް ވިދާޅުވި އެވެ.

ދިރާސީ އަހަރު ފެށިގެންދާ އިރުގަ، ގްރޭޑް 10 އިން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަކަށް ފޯނެއް ނުގެންދެވޭނެ. ވަރަށް ސްޓްރިކްޓްލީ އިމްޕްލިމެންޓް ކުރާނެ އެކަންތައް.. ރަސްމީ ސްކޫލް ގަޑީގަ ފޯނެއް ގްރޭޑް ދިހައަކުން ދަށު ކުދިންނަކަށް ބޭނުމެއް ނުކުރެވޭނެ.. ގްރޭޑް 11، 12 ކުދިންނަށް ފޯނު ގެންދެވޭނެ.. އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ހޯއްދަވާ އެބަ ލޮކަރ ސިސްޓަމެއް، ސްކޫލުގަ ބަހައްޓަވާނެ، ކްލާސްތަކުގަ އެ ލޮކަރ ސިސްޓަމް ބެހެއްޓީމަ ކްލާސް ގަޑީގަ އެއްވެސް ކުއްޖަކު ފޯނެއް ބޭނުމެއް ނުކުރެވޭނެ… އެ ލޮކަރަށްލާ ބަންދުކޮށްފަ ކްލާސް ގަޑީގަ ކިޔަވައިދެމުންދާ ގަޑީގަ ފޯނު ބޭނުންނުކޮށް، ކްލާސް ނިމުނީމަ އަތަށް ފޯނު ލިބޭ ގޮތަށް ބަދަލުކުރާނެ ދިރާސީ އަހަރު ފެށޭ ހިސާބުން ފެށިގެން. އެއީ ގްރޭޑް 11، 12. އެ ކުދިންނަށް ފޯނު ބޭނުންކުރެވޭނެ. ހަމަ ކްލާސް ނިމިގެން އިންޓަވަލް ޕީރިއަޑްސް އަންނާނެ، ހަމަ ފްރީ ޕީރިއަޑްސް އަންނާނެ. އެހެންވީމަ އެ ކުދިން އުމުރާ ގުޅޭގޮތުން ބަލާއިރުގަ އެގޮތަށް ލިބެންޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އެހެންވެއްޖެއްޔާ ކިޔަވައިދޭ ގަޑީގަ އަތުގަ ފޯނު އޮތުން ގަބޫލެއް ނުކުރެވޭނެ.

މި ނިންމުން ވަރަށް ހަރުދަނާކޮށް ތަންފީޒު ކުރާނެކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ގްރޭޑް 11 އަދި 12 ގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދިއުމުގައި ހުރަހެއް ނެތް ނަމަވެސް، ކްލާސް ގަޑިތަކުގައި ފޯނު ބޭނުންކުރުން މަނާވާނެކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދަރިވަރުންގެ ފޯނުތައް ބެހެއްޓުމަށް، މިނިސްޓްރީން ސްކޫލުތަކުގައި ލޮކަރު ސިސްޓަމެއް ގާއިމުކުރާނެކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދަރިވަރުންގެ ކްލާސް ނިމި، އިންޓަވަލް ނުވަތަ ހުސް ޕީރިއަޑްތަކުގައި އަދި ކަލާސްތައް ނިމުމުން ފޯނު ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ގްރޭޑް 11 އަދި 12 ގެ ކުދިންގެ އުމުރަށް ބަލާއިރު، ކްލާސް ގަޑި ނޫން އެހެން ވަގުތުތަކުގައި ފޯނު ބޭނުންކުރުމުގެ ފުރުސަތު ލިބުން މުހިންމު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: