އިފްތިތާހުކުރެވިގެންދާ އިސްނެގުންތަކަކީ، ދިވެހިރާއްޖެއަށް އެޅޭ މުހިއްމު ބިންގަލެއް ކަމަށް މައި ބޭން މޯލްޑިވްސް މަނިޓަރީ އޮތޮރިޓީގެ ގަވަނަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ”ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް“ (ޕޭމަންޓް މޯލްޑިވްސް) ގެ ނަމުގައި ކުންފުންޏެއް އުފައްދައިފިއެވެ. މިކުންފުނި ރަސްމީކޮށް މިއަދު އިފްތިތާޚްކޮށްދެއްވީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މިއަދަކީ ހަރުދަނާ، އެއްވެސް މީހަކު ބާކީ ނުކުރުމުގެ ސިޔާސަތެއް ބިނާކުރުމާއިއެކު، ރެސިލިއެންޓު ދިވެހިރާއްޖެއެއް ބިނާކުރުމަށް ކުރާ ދަތުރުގެ މުހިއްމު ބައެއް ކަމަށެވެ.
މުނައްވަރު ފާހަގަކުރެއްވި ގޮތުގައި، އޭނާ އުފަލާއިއެކު، ނޭޝަނަލް ފައިނޭންޝަލް އިންކުލޫޝަން ސްޓްރެޓެޖީ، ޕޭމަންޓު މޯލްޑިވްސް އަދި ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑު މެޕް އުފަލާއިއެކު އިފްތިތާހުކުރައްވާ ކަމަށެވެ. އެގޮތުން، މި ތިން މާލި އިސްނެގުމަކީ، ދިވެހިރާއްޖޭގެ މާލީ ނިޒާމުން ދިވެހި ރައްޔިތުންނަށާއި، ރާއްޖޭގެ އިގުތިސާދަށް ހިދުމަތްކުރާ ގޮތަށް ބަދަލު ގެނެސްދޭނެ ކަމެއް ކަމަށް މުނައްވަރު ސިފަކުރެއްވިއެވެ.
މުނައްވަރު ވިދާޅުވިގޮތުގައި، މިއަދު އިފްތިތާހުކުރެވިގެންދާ އިސްނެގުންތަކަކީ، ދިވެހިރާއްޖެއަށް އެޅޭ މުހިއްމު ބިންގަލެއް ކަމަށާއި، އެ ބިންގަލަކީ، ޑިޖިޓަލީ ފަރުމާކުރެވިފައިވާ، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމުގެ އިހްތިޔާރު އޮތް އަދި އިންކުލޫސިވިޓީ ނުވަތަ ބާކީ ނުކުރުމުގެ ސިޔާސަތު ޕްރިންސިޕަލެއްގެ ދަށުން އޭޅެ ބިންގަލެއް ކަމަށެވެ.
މުނައްވަރު ވިދާޅުވީ، މި އިސްނެންގެވުމުގެ ދަށުން ހާސިލުކުރަން ހަމަޖެހިފައިވާ އަމާޒަކީ ވަރަށް ބޮޑު އަމާޒެއް ކަމުގައިވީނަމަވެސް، އެއީ އެ އަމާޒާއި ހަމައަށް ވާސިލުވެ، ހާސިލުކުރެވޭނެ އަމާޒެއް ކަމަށެވެ.
މީގެއިތުރުން، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ގައުމީ އުފެއްދުންތެރިކަމަށް، މާލީ ދާއިރާތަކުން އަދާކުރާ ހިއްސާ، 6 އިންސައްތައިން 12 އިންސައްތައަށް ދެގުނައަށް އިތުރުކުރުމަކީ، މި އިސްނެގުމުގެ ދަށުން ހާސިލުކުރަން ބޭނުންވާ އަމާޒެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، މި އިސްނެގުމުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިން ދައްކުވައިދެނީ، އެންމެންގެ ގަބޫލުކުރުންތަކުގައިވާގޮތުން ނަމަ، މާލި ދާއިރާއަކީ ހަމައެކަނި ހިދުމަތުގެ ސިނާއަތެއް ކަމުގައިވީނަމަވެސް، އެއީ ރާއްޖޭގެ އިގުތިސާދު އިތުރަށް ޑައިވަރސިފައި ކުރެވިގެންދާނެ ކަމަށެވެ.

