ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ޒުވާނުންނަކީ މާދަމާގެ ލީޑަރުންނަށް ވާން މަޑުކުރެވޭކަށް ނެތް، ލީޑަރުންނަށް ވާންވީ މިއަދު: މިނިސްޓަރ އަސްވާޑު

ވާ މޯލްޑިވްސް ނޭޝަނަލް ޔޫތު ފޯރަމް ފެށުމުގެ ރަސްމިއްޔާތު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ވަގުތު މަސައްކަތުގައި އުޅޭ، ހިތްވަރު ހުރި، ގައުމުގެ އިގްތިސާދު ކޮޅަށްޖަހާ ފުދުންތެރި ޒުވާނުން އުފައްދަންޖެހޭކަނަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން 93 ޒުވާނުން ބައިވެރިވާ މޯލްޑިވްސް ނޭޝަނަލް ޔޫތު ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ފޯރަމް ފައްޓަވައިދެއްވައި މިނިސްޓަރ އަސްވާޑު ވިދާޅުވީ ޒުވާނުންނަކީ މުސްތަގްބަލުގެ ލީޑަރުން ކަމުގައި ވީ ފަދައިން މިއަދުގެ ބަތަލުން ކަމަށާއި، މާދަމާގެ ދިވެހިރާއްޖެ އޮންނާނީ މިއަދުގެ ޒުވާނުންގެ ފިކުރާއި، ސުލޫކުގެ ސޫރަކުރެވޭ ގޮތެއްގެ މަތީގައި ކަމަށެވެ.

މިނިސްޓަރ އަސްވާޑު ފާހަގަކުރެއްވީ މާދަމާގެ ދިވެހިރާއްޖެ ބިނާވާނީ އަދުގެ ޒުވާނުންގެ ހިތްތަކުގައި ކަމަށާއި، މިއަދުގެ ޒުވާނުންނަށް މިހާރު ހޯދާ ނުދެވޭ އެއްޗެއް މާދަމާ މިގައުމުގައެއް ނޯންނާނެ ކަމަށެވެ. މިނިސްޓަރު އަސްވާޑު ވިދާޅުވީ، ޒުވާނުންނަކީ މާދަމާގެ ލީޑަރުންނަށް ވާން މަޑުކުރެވޭ ބަޔަކަށް ވެގެންނުވާނެކަމަށާއި، ޒުވާނުން ލީޑަރުންނަށް ވާންވީ މިއަދު ކަމަށެވެ.

މުސްތަގްބަލުގެ ބާރުގަދަ ގޮންޖެހުންތަކާ މުގާބަލާ ކުރެވޭ ގާބިލު ބަޔަކު އުފައްދަން ޖެހެނީ މިއަދުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި، މިއަދުގެ ޒުވާނުންނަކީ ސުލޫކީ ސިފަތަކާއި އިޖުތިމާއީ ސިފަތައް ލިބިފައިވާ، ދީނަށް އަމަލުކުރާ، އަހުލާގުގެ ރީތި ސިފަތަކުން ޒީނަތްތެރިވެފައިވާ، ހަގީގަތަށް ބަރޯސާވާ ބަޔަކަށް ހަދައި، ގައުމާ ހަވާލުވެވޭނެ ޝަހްސީ ގާބިލުކަން އުފެއްދުމަކީ މިއަދު ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިއަދުގެ ޒުވާނުންނަށް މިހާރު ހޯދާ ނުދެވޭ އެއްޗެއް މާދަމާ މިގައުމުގައެއް ނޯންނާނެ. ޒުވާނުންނަކީ މާދަމާގެ ލީޑަރުންނަށް ވާން މަޑުކުރެވޭކަށް ނެތް. ޒުވާނުން ލީޑަރުންނަށް ވާންވީ މިއަދު މުސްތަގްބަލުގެ ބާރުގަދަ ގޮންޖެހުންތަކާ މުގާބަލާ ކުރެވޭ ގާބިލު ބަޔަކު އުފައްދަން ޖެހެނީ މިއަދު މިތަނުގަ. އަދުގެ ޒުވާނުންނަކީ ސުލޫކީ ސިފަތަކާ އިޖުތިމާއީ ސިފަތައް ލިބިފައިވާ، ދީނަށް އަމަލުކުރާ، އަޚްލާޤުގެ ރީތި ސިފަތަކުން ޒީނަތްތެރިވެފާވާ، ހަގީގަތަށް ބަރޯސާވާ ބަޔަކަށް ހަދާ، ގައުމާ ހަވާލުވެވޭ، ޝަހުސީ ގާބިލުކަން އުފެއްދުމަކީ، މިއަދު ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެން ނަމަވެސް، މި މިސްރާބުން ޒުވާނުން ކަސިޔާރުކޮށްލުމަށްޓަކާ، ދުވާނާ ގޯސްކޮށް ޑިފައިންކޮށް، ސިކުނޑިތަކަށް އެހެން ގޮތަކަށް އެބަ ވިސްނުވައިދޭ. ދުވަހުގެ މުހިއްމު ވަގުތުގައި، ވަގުތުތަކުގައި، އެއްވެސް ޕްރޮޑަކްޓިވް މަސައްކަތެއް ނުކޮށް، ބޭކާރު ގޮތުގަ، ދުވަސް، ހަރާބުކޮށްލާ. މިރޭގެ ބޭނުމާ ހަމައަށް ފުދިފާ ހުންނަ ޒުވާނާއަކީ، އަބުރުވެރި ޒުވާނާކަމަށް ދައްކައިގެން، ޒުވާން އެތައް ޖީލެއް އަޅުގަނޑުމެންގެ ތެރެއިން ގޮސް، ޒުވާނުންނަށް ހައްގުވާ މިވަރަކީ، އެއީ އެ ނޫން. އެވާހަކަތަކުގަ އަޅުގަނޑުމެން އެއްވެސް ޒުވާނެއް، ޖެހިގެންނުވާނެ. އެއީ ރަނގަޅު ކަމެއް ނޫން.

ނަމަވެސް، މި މިސްރާބުން ޒުވާނުން ކަސިޔާރުކޮށްލުމަށްޓަކައި، ޒުވާނުން ގޯސްކޮށް ޑިފައިންކޮށް، ސިކުނޑިތަކަށް އެހެން ގޮތަކަށް ވިސްނުވައިދޭން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފަދަ ނުރަނގަޅު ކަންކަމުގެ ސަބަބުން، ދުވަހުގެ މުހިއްމު ވަގުތުތަކުގައި އެއްވެސް ޕްރޮޑަކްޓިވް މަސައްކަތެއް ނުކޮށް، ބޭކާރު ގޮތުގައި ވަގުތު ހަރާބުކޮށްލައި، މިރޭގެ ބޭނުމާ ހަމައަށް ފުދިފައި ހުންނަ ޒުވާނާއަކީ އަބުރުވެރި ޒުވާނާކަމަށް ދައްކައިގެން، ޒުވާން އެތައް ޖީލެއްގެ ހައްގުތައް ގެއްލިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފަދަ ވާހަކަތަކުގައި އެއްވެސް ޒުވާނެއް ޖެހިގެން ނުވާނެކަމަށާއި، އެއީ ރަނގަޅު ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ޒުވާނުންގެ ހިޔާލުތައް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދޭ އެންޓްރެޕްރެނާޝިޕް ޕްރޮގްރާމްތައް ހިންގުމަށާއި، ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އަދި ކްރިއޭޓިވް އާރޓްސްގައި ޒުވާނުންގެ ހުނަރާއި ޝައުގުވެރިކަން ކުރިއެރުވުމަށް ގައުމުން ގޮވާލާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ އަސްވާޑު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން ޒުވާނުންގެ އަޑު އަހާނެކަމަށާއި، ޒުވާނުންގެ ދާއިރާ ތަނަވަސްކޮށްދެއްވައި، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: