ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ މަރުހަލާއެއްގައިވެސް ޒުވާނުންނަށް ފުރުސަތު ދިނުމަކީ، ޤައުމު ތަރައްޤީކުރުމަށް ކުރަންޖެހޭ ކަމެއް: ރައީސް

ޔޫތް ކޮންފަރެންސްގެ ތެރެއިން ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގޮތްނިންމުމުގެ ކޮންމެ މަރުހަލާއެއްގައިވެސް ޒުވާނުންނަށް ފުރުސަތު ދިނުމަކީ، އެންމެ ދެމެހެއްޓެނިވި އަދި މާނަހުރިގޮތުގައި މި ޤައުމު ތަރައްޤީކުރުމަށް ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގުޅިގެން ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ”ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް“ ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި ޒުވާނުންނަކީ މިއަދުވެސް އަދި މާދަމާވެސް ޤައުމު ކުރިއެރުވުމުގައި އެންމެ މުހިންމު ބައިވެރިންނެވެ. އަދި މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނޭޝަނަލް ޔޫތު ކޮންފަރެންސްގެ 6 ގްރޫޕަކުން ވަނީ 6 ދާއިރާއެއްގެ މައްޗަށް ޕްރެޒެންޓޭޝަންތައް ހުށަހަޅާފައެވެ. ރައީސް ވަނީ ކޮންމެ ޕްރެޒެންޓޭޝަނެއްގައި ހުށަހެޅި ކަންކަމަށް ބިނާކުރައްވައި ސަރުކާރުގެ ވިސްނުން ހިއްސާކުރައްވާފައެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ކަންހިނގަމުންދާގޮތަށް ބަލާއިރު، ހަރުދަނާ ގޮތެއްގައި ޒުވާނުންގެ ބައިވެރިވުން ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަށް ހައްލު ގެނައުމަށްޓަކައި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފެއްދެވީ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނުއްވައިގެން ކަމަށެވެ. އަދި އެކިއެކި ގޮންޖެހުންތަކާއެކުވެސް އެ ބޯޑުން ހުއްޓުމެއްނެތި މަސައްކަތްކުރަމުންދާކަމަށާއި، ކުރިއަށްއޮތްތަނުގައި އެ ބޯޑުގެ މަސައްކަތް އިތުރަށް ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ޒުވާނުންގެ ވިޔަފާރިތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުންގެ އިސްނެގުމުގައި ހިންގާ ވިޔަފާރިތައް މަދުކަން ފާހަގަކުރެވޭ ކަމަށެވެ. މިކަން ހައްލުކުރުމަށް ސްކޫލް ނިންމުމަށްފަހު ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި އޭ-ލެވެލް ޕާތުވޭގެ ތެރެއަށް ވޮކޭޝަނަލް ޕާތުވޭއެއް މިހާރު ގާއިމުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުވެރިކަން ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ފަތުރުވެރިކަން ފަދަ ދާއިރާތަކަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން، އެ ޒުވާނުންގެ އަމިއްލަ ރަށާއި ރިސޯޓުތަކާ ކައިރި ބޮޑެތި އާބާދީތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް އިސްކަންދެއްވާ ކަމަށެވެ. މި މަޝްރޫޢުތަކަކީ ހަމައެކަނި މާލެ ސަރަހައްދަށް ފޯކަސްކުރުމުގެ ބަދަލުގައި ރާއްޖޭގެ އެކިއެކި ސަރަހައްދުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: