އެމްޕީއެލްގެ ހިދުމަތްތަކާއި މެދު ދެކޭ ގޮތް ހޯދުމަށް، ސާވެއެއް ތައާރަފުކޮށްފިއެވެ.
އެމްޕީއެލްއިން މައުލޫމާތު ދެމުން ބުނެފައި ވަނީ އެ ކުންފުނިން ތައާރަފުކުރި، ސާވޭއިން އެއްކުރެވޭ މައުލޫމާތުގެ އަލީގައި ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަހި ފުރުސަތެއް ލިބިގެންދާނެ ކަަމަށެވެ.
މި ސާވޭ ފޯމުގައި އެމްޕީއެލްއިން އާންމުނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ ހިދުމަތާއި މެދު، އެ ފަރާތްތައް ދެކޭ ގޮތް ބަލާލެވޭނެކަމަށް އެމްޕީއެލްއިން ވަނީ ބުނެފަ އެވެ.
އެގޮތުން އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތާއި މެދު، ހިދުމަތް ލިބިގަންނަ ފަރާތް ހިތްހަމެޖެހޭ މިންވަރާއި، ކުންފުނީގެ މަސައްކަތުގެ ސްޕީޑު އަދި މަސައްކަތް ތަރުތީބުކަމާއިއެކު، ކުރެވޭ ރޭޓް ބެލޭނެކަމަށް ވަނީ ބުނެފަ އެވެ. އަދި، އެ ކުންފުނީގެ ހިދުމަތް ލިބިގަންނަ ފަރާތުން، ކުންފުންޏަށް އޮތް އިތުބާރުވެސް ރޭޓްކޮށް، ބެލެވޭނެ ކަމަށް އެމްޕީއެލްއިން ބުނިއެވެ.
ހަމައެއާއިއެކު ކުންފުނިން ފޯރުކޮށްދޭ، ކަސްޓަމާ ހިދުމަތާއި މެދު ދެކޭގޮތާއި، ހިދުމަތް ލިބިގަތުމުގައި ކުރިމަތިވާ މައްސަލަތައް ހައްލުކޮށްދިނުމުގައި، އެ ކުންފުނިން އަމަލުކޮށްފައިވާ ގޮތް ގެނެ ގަނެވޭނެކަމަށް ވެސް ބުނެފައިވެއެވެ. އަދި، މި ސާވޭ ފޯމުގައި، އެމްޕީއެލްއިން ހިދުމަތް ފޯރުކޮށްދިނުމުގައިއާޢި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން، އާންމު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭ މިންވަރުވެސް ރޭޓުކުރެވޭއިރު، އެ ކުންފުނިން އޮންލައިންކޮށް ފޯރުކޮށްދޭ، ހިދުމަތްތަކާއި މެދު، ކަސްޓަމަރުން ހިތްހަމަޖެހޭ މިންވަރުވެސް ރޭޓް ކުރެވޭނެ ކަމަށް އެމްޕީއެލްއިން ބުނިއެވެ.
ކުންފުނިން ފޯރުކޮށްދޭ ކަސްޓަމާރ ޚިދުމަތާއި މެދު ދެކޭ ގޮތާއި، ޚިދުމަތް ލިބިގަތުމުގައި ކުރިމަތިވާ މައްސަލަތައް ހައްލުކޮށްދިނުމުގައި ކުންފުނިން ޢަމަލުކޮށްފައިވާ ގޮތްވެސް ދެނެގަނެވޭނެއެވެ.
މި ސާވޭ ފޯމުގައި، އެމްޕީއެލްއިން ހިދުމަތް ފޯރުކޮށްދިނުމުގައިނާއި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދޭ މިންވަރާއި، ކުންފުނިން އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތަކާ މެދު ކަސްޓަމަރުން ހިތްހަމަޖެހޭ މިންވަރުވެސް ރޭޓުކުރެވޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ.
މީގެ އިތުރުން، އެމްޕީއެލްގެ ބަނދަރު ޕޯޓަލް މެދުވެރިކޮށް ލިބޭ ޚިދުމަތްތަކުގައި މައްސަލައެއް ދިމާވެއްޖެނަމަ، އެ މައްސަލަ ހައްލުކުރުމަށް އެމްޕީއެލްއިން ޢަމަލުކޮށްފައިވާ ގޮތްވެސް ރޭޓުކުރެވޭނެ އެވެ. އަދި މާލެ ވިޔަފާރި ބަނދަރުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުންފުނިން އަޅާފައިވާ ފިޔަވަޅުތަކާ މެދު ހިތްހަމަޖެހޭ މިންވަރުވެސް މި ސާވޭ މެދުވެރިކޮށް ދެނެގަނެވޭނެއެވެ.
މާލެ ވިޔަފާރި ބަނދަރަށް ގެންނަ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރެވޭ މިންވަރާއި، އެކަން ކުރުމުގައި އެމްޕީއެލްއިން ޢަމަލުކުރާ ގޮތާ މެދު ހިތްހަމަޖެހޭ މިންވަރުވެސް ރޭޓުކުރެވޭނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
މި ސާވޭގައި ބައިވެރިވުމަށް އެމްޕީއެލްގެ ވެބްސައިޓު، https://port.mv/feedback/ މެދުވެރިކޮށް ފުރުސަތު ހުޅުވާލާފައިވެއެވެ.
އެމްޕީއެލްގެ ޚިދުމަތްތަކާ ގުޅޭ ސާވޭއެއް އެ ކުންފުނިން ތަޢާރަފުކުރުމަކީ، ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ކުންފުނިން ދޭ އަހަންމިއްޔަތު ދައްކުވައިދޭ ކަމެކެވެ.

