ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއެމްއީތަކަށް ލުއިގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދޭ: އިކޮނޮމިކް މިނިސްޓްރީ

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ލުއިގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓު އެންޑު ޓްރޭޑުން ބުނެފިއެވެ. މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ދެ އަހަރަކީ އެސްއެމްއީތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން 2026 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުންތައް ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ ތެރޭގައި ވިޔަފާރިވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ގިނަ ފިޔަވަޅުތަކެއް ހިމެނެއެވެ.

ސްޓޯރޭޖް ފެސިލިޓީތަކާއި ލޮޖިސްޓިކްސް ހަރުދަނާކުރުން

މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް މުއިއްޒު އެސްއެމްއީތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކަށް ރިއާޔަތްކޮށް، މާލެ ސަރަހައްދާއި، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި ސްޓޯރޭޖް ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ މަގްސަދަކީ ހެޔޮ އަގުގައި މުދާ ރައްކާކޮށް، ގުދަންކުރެވޭނެ އިންތިޒާމް ވިޔަފާރިވެރިންނަށް ހަމަޖައްސައިދިނުމެވެ.

މީގެއިތުރުން، އެމްޕީއެލްއިން މުދާ ކްލިއަރ ކުރުން މިހާރަށްވުރެ އަވަސްކޮށް، މުދާ އުފުލާ އުޅަނދުފަހަރުގެ ކަންކަން ހަރުދަނާކުރުމަށް މިނިސްޓްރީން ދަނީ ގާތުން ބަލަމުންނެވެ. އަދި ދިވެހީންނާއި ވާރކް ޕާމިޓް ހޯލްޑަރުން ބައިތިއްބުމަށް ހިންގާ ކޮޓަރި ކުއްޔަށްދޭ ވިޔަފާރިތައް ރަޖިސްޓްރީކޮށް، ކޯޓާ ލިބުމުގައި ދިމާވާ ދަތިތައް މިހާރު ހައްލުކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ކަސްޓަމްސްގެ ހިދުމަތް 24 ގަޑިއިރަށް

ވިޔަފާރިވެރިންނަށް ލިބުނު ބޮޑު ލުޔެއްގެ ގޮތުގައި، ކަސްޓަމްސް ކްލިއަރެންސް ސްކެޖިއުލްގެ ވަގުތު 18 ގަޑިއިރުން 24 ގަޑިއިރަށް ވަނީ އިތުރުކޮށްފައެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިހާރު ވަނީ މުޅި ދުވާލު މުދާ ކްލިއަރ ކުރެވޭ ގޮތަށް އުސޫލުތައް ބަދަލުކޮށް، އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.

މި ހުރިހާ ބަދަލުތަކަކީވެސް ރައީސް މުއިއްޒު އެސްއެމްއީތަކާއެކު ބޭއްވި މަޝްވަރާތަކަށްފަހު، ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތައް ނައްތާލުމަށް ނިންމެވި މުހިންމު ނިންމެވުންތަކެއްގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: