ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާއި ދިމާކޮށް ބަންގްލަދޭޝްއިން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގައި އަންނަ މަހު ބާއްވަން ތާވަލުކޮށްފައިވާ އާންމު އިންތިހާބާއި ދިމާކޮށް އޮ އެރައިވަލް ވިސާ ދިނުން މެދުކަނޑާލާތީ އެ ގައުމަށް ދަތުރުކުރާ ދިވެހިން ވިސާ ނަގަން ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ 12 ވަނަ ދުވަހު ބަންގަލްދޭޝްގައި ބޭއްވުމަށް ހަަޖެހިވާ އިންތިހާބާ ގުޅިގެން 15 ޖެހުއަރީން ފެށިގެން 15 ފެބްރުއަރީގެ ނިޔަލަށް އެ ގައުމަށް ދަތުރުކުރާ އެންމެގައި ފަރާތްތަކަށް އޮން އެރރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް އެ ގައުމުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން ދަތުރުގެ ކުރިން ރާއްޖޭގައި ހުންން ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް މިނިސްޓްރީޏް ވަނީ އިލްތިމާސްކޮށްފައެވެ.

ބަންގްލަދޭޝަށް ދާ ދިވެހިންނަށް 90 ދުވަހާ ހަމައަށް އޮން-އެރައިވަލް ވިސާ ލިބެއެވެ.

މި އިންތިހާބަކީ މިދިޔަ އަހަރު، ބަންގްލަދޭޝްގެ ދަރިވަރުންތަކެއް އިސްވެ ކުރި ވަރުގަދަ މުޒާހަރާތަކަށްފަހު، ބޮޑުވަޒީރު ޝައިހް ހަސީނާގެ ވެރިކަން ވައްޓައިލިފަހުން އެ ގައުމުގައި ބާއްވާ ފުރަތަމަ އިންތިހާބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: