ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިދުމަތް ހޯދުމަށްފަހު 98 މިލިއަން މާލޭ ސިޓީ ކައުންސިލުން އޮތީ ނުދައްކާ: ވެމްކޯ

- ފޮޓޯ/ ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެމްކޯއިން ހިދުމަތް ހޯދުމަށްފަހު 98 މިލިއަން މާލޭ ސިޓީ ކައުންސިލުން ނުދައްކާ އޮތްކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ކޯޕަރޭޝަނުން މުސާރައާއި އިނާޔަތް ދެމުން ގެންދަނީ ވެމްކޯއަށް އާމްދަނީގެ ގޮތުގައި ލިބޭ މާލީ އެހީތެރިކަމާ އެކުގައި ކަމަށެވެ. އެހެންނަމަވެސް އެކި ފަރާތްތައް ވެމްކޯއިން ހޯދި ހިދުމަތްތަކަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާޙަގަވާ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ވެމްކޯގެ ބަޔާނުގައި ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނުން ހޯދައިފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ 98 މިލިއަން ވަނީ އަދިވެސް ނުލިބިވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ ހޯދުމަށް 2024 އަދި 2025 ވަނަ އަހަރުވެސް އެކި ފަހަރު މަތިން މާލޭ ސިޓީ ކައުންސިލާއި މަޝްވަރާކޮށް ބައްދަލުވެސްކޮށްފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ވެމްކޯއިން ބުނީ އެ ކޯޕަރޭޝަނުން ފުރިހަމައަށް ހިދުމަތް ދިނުމާއިއެކު ދަތިކަމެއް ނެތި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހަމައަށް ދިނުމުގައި އެ ކޯޕަރޭޝަނަށް ލިބެންޖެހޭ އާމްދަނީ ބަރާބަރަށް ލިބިލިބި ހުރުމަކީ މުހިންމުކަމަކަށް ވާތީ އެ ފައިސާ ހޯދައި ދިނުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ އެހީތެރިކަމަށް ވެސް އެ ކޯޕަރޭޝަނުން އެދިފައިވާ ކަމަށެވެ.

ވެމްކޯގެ މުވައްޒަފުންގެ ފެންޝަން ފައިސާ ޖަމާކުރުމުގައި ހުރި ދަތިތަކާއި ގުޅިގެން ޕެންޝަން އޮފީހާއި އެ ކުންފުންޏާއިއެކުވެސް އެކި ފަހަރުމަތުން މަޝްވަރާ ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ވެމްކޯއިން ބުނީ މުވައްޒަފުންނަށް ހައްގުވާ ފައިސާ ވީހާ ވެސް އަވަހަށް ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: