ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ ލައިން ހިދުމަތް: ވޯކްއިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް!

ޓެކްސީލައިންގެ ވޯކިން-އިންޓަވިއުއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި/ ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އަލަށް ތައާރަފުކުރުމަށް ނިންމާފައިވާ ގައުމީ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް ކުރިޔަށް ގެންދިޔަ ވޯކް-އިން-އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މިއަދުގެ ހެނދުނު 10:00 އިން އިރުއޮއްސި 18:00 އާއި ހަމައަށް ކުރިޔަށް ގެންދިޔަ މި އިންޓަވިއުއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތަށް 407 ޑްރައިވަރުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު އެއީ، 285 ޑްރައިވަރުންނާއި ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ 122 ޑްރައިވަރުންނެވެ.

ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް އިއުލާނު ކުރުމުން، އެކަމަށް ޓެކްސީ ޑްރައިވަރުން ދެކޮޅު ހަދައި އިހުތިޖާޖު ކުރިނަމަވެސް އާންމު ރައްޔިތުން ވަނީ އެ ނިންމެވުމަށް މަރުހަބާ ކިޔާފަ އެވެ.

މާލޭގެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޓެކްސީތައް ހިދުމަތް ދެމުން ގެންދިޔަ ނަމަވެސް، އެންމެ ބޮޑު މައްސަލައަކީ ޑިމާންޑާއި އެއްވަރަށް ހިދުމަތް ނުދެވުމެވެ. އަދި ޓެކްސީ ޑްރައިވަރުން ބައެއް ދަތުރުތަކުން ބޮޑެތި އަގުތައް ނެގުމަށް ޑިމާންޑު ކުރުމާއި މާލެ ތެރޭގެ ދަތުރުތައް ނެގުމަށް ދެކޮޅު ހެދުން ހިމެނެ އެވެ.

އާންމުކޮށް ޓެކްސީ ޑްރައިވަރުން ނަގަނީ، މާލެއިން ހުޅުމާލެއަށް، ނުވަތަ ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކެވެ. އަދި އެއާޕޯޓުން ވެސް އާންމު ގޮތެއްގައި މާލެއަށް ދަތުރުތައް ނުނަގާކަމުގެ ޝަކުވާ ބޮޑެވެ.

މައްސަލަ ހައްލު ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް ސަރުކާރުން ޓެކްސީ ލައިންގެ ތެރެއަށް ވަނުމަށް ވަނީ ނިންމާފަ އެވެ.

މި ހިދުމަތް ވީހާވެސް އަވަހަށް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: