ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހދ އަތޮޅު ކައުންސިލުން 2024ގައި ކުރި ތަޖުރިބާ ދަތުރުތަކެއްގެ މައްސަލަ!

ހދ އަތޮޅު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނޭންސް މިނިސްޓްރީން ހަރަދު ކުޑަކުރުމަށް އަންގައި ނެރުނު ސާކިއުލާއަކާއި ހިލާފަށް ހދ އަތޮޅު ކައުންސިލުން ތަޖުރިބާ ދަތުރުތަކެއް ކުރި މައްސަލައެއް އޮޑިޓުން ފާހަގަކޮށްފިއެވެ.

އޮޑިޓާރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ހދ އަތޮޅު ކައުންސިލުގެ 2024 ވަނަ އަހަރުގެ ކޮމްޕްލައެންސް އޮޑިޓުގައި ބުނެފައިވާގޮތުން ފިނޭންސް މިނިސްޓްރީންވަނީ 2024 ވަނަ އަހަރަށް ތަންފީޒުކުރުމަށް ކަނޑައެޅި ބަޖެޓުގެ ވިސްނުމާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ހަރަދު ކުޑަކުރުމަށް އަންގައި ސާކިއުލާއެއް އާންމުކޮށްފައިކަމަށެވެ.

ނަމަވެސް އެ އަހަރުގެ ތެރޭގައި ކައުންސިލުން 4 އަތޮޅަކަށް ދަތުރުކޮށްފައިވާއިރު އެކަން ކޮށްފައިވަނީ ސާކިއުލާގައި އަންގާފައިވާ ގޮތާއި ހިލާފަށް ކަމަށާއި އައްޑޫ އަތޮޅަށާއި ފުވައްމުލަކު ހިމެނޭހެން 10 މެމްބަރުން އަދި ކައުންސިލުގެ ބައެއް އިސް މުއައްޒަފުން ތަޖުރިބާގެ ނަމުގައި ކުރި ދަތުރުތަކުގައި 186،584 ރުފިޔާ ހަރަދުކުރިކަމަށް ބުނެފައިވެއެވެ.

ފ އަދި ދ އަތޮޅުގެ ކައުންސިލުތަކުގެ މަސައްކަތްތައް ބެލުމުގެ ގޮތުންވެސް މިފަދަ ދަތުރެއް ކޮށްފައިވެއެވެ. މި ދަތުރުގައި ޖުމުލަ 12 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއިރު ޖުމުލަ 172،138 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އޮޑިޓުންވަނީ ކައުންސިލުން އެކި ފަރާތްތަކަށް އެހީގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ހިސާބު ނުބަލަހައްޓާ މައްސަލަވެސް ފާހަގަކޮށްފައެވެ. މިގޮތުން ކައުންސިލުން ސޯލާ ޕެނަލް ޕްރޮޖެކްޓަކަށް 1.8 މިލިއަން ދޫކުރިއިރު އެއްބަސްވުމުގައިވާގޮތަށް މި ފައިސާއަށް ވެގެންދިޔަ ގޮތް ބަލާފައިވާކަން ފެންނަން ނެތްކަމަށް ބުނެފައިވެއެވެ. އެހެންކަމުން މިގޮތުގެ މަތިން ދޫކުރި ބައެއް ފުރުސަތުތަކުގައި ފައިސާގެ ބޭނުންކޮށްފައިވާ ގޮތް ކަށަވަރުނުވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: