ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޓަޔާރމެންޓު އިނާޔަތް ލިބޭ މީހުން ދައުލަތުގެ އޮފީހެއްގައި މަސައްކަތްކުރާނަމަ އެންގުމަށް ޕެންޝަން އޮފީހުން އެދިފި

ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޓަޔާރވުމަށްފަހު ދައުލަތުގެ އޮފީހެއްގައި މަސައްކަތްކުރާނަމަ އެކަން އެންގުމަށް ޕެންޝަން އޮފީހުން އެދިއްޖެއެވެ.

ޕެންޝަން އޮފީހުން އާންމުކުރި އިއުލާނެއްގައިވާގޮތުން ސިފައިންގެ ރިޓަޔަމަންޓް ގަވާއިދާއި، ފުލުހުންގެ ރިޓަޔަމަންޓް ގަވާއިދު އަދި ދިވެހި ސިވިލް ސަވިސްގެ ގަވާއިދަށް ގެެނެސްފައިވާ އިސްލާހުތަކާއި ގުޅިގެން ރިޓަޔަމަންޓް އިނާޔަތް ލިބޭ ގޮތަށް ދައުލަތުގެ ވަޒީފާއަކުން ރިޓަޔާ ކޮށްފައިވާ ފަރާތެއް، އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ވަޒީފާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއަކަށް ގޮސްފި ހާލަތެއްގައި ދެމި ހުންނަ މުއްދަތުގައި މަހުން މަހަށް ދެވޭ ރިޓަޔަމަންޓް އިނާޔަތް މެދުކަނޑާލެވޭ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން ރިޓަޔާރ ކުރެއްވުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރަން ފަށާފައިވާ ފަރާތްތަކަށް އެ އިނާޔަތް ދިނުން މެދު ކަނޑާލާނެކަމަށާއި އަލުން އެ އިނާޔަތް ދޭން ފަށާނީ ފަހުން އަދާކުރ ިވަޒީފާ ނުވަތަ މަގާމުން ވަކިވާތާ ދެވަނައަށްވާ މަހުގައިކަމަށް ބުނެފައިވެއެވެ.

ޕެންޝަން އޮފީހުންވަނީ ރިޓަޔާ ކުރުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް މިހާރު އަދާކުރާ ފަރާތްތަކުން ނުވަތަ އެފަދަ ވަޒީފާއަކުން މި މަހުން ފެށިގެން ވަކިވާ ފަރާތްތަކުން، މިކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ ލިޔުމުން އެންގުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: