ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސްގެ ހައްގުކަން މޮރިޝަސްއަށްވުރެ ބޮޑީ ރާއްޖެއަށް: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައި މަހު ޔޫކޭގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑޭވިޑް ލެމީއާ ބައްދަލުކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްޗަށް އެހެން އެއްވެސް ގައުމަކަށްވުރެ ރާއްޖެއަށް އޮތް ހައްގު ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

އިނގިރޭސި ޓެބްލޮއިޑް އެކްސްޕްރެސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ތާރީހީ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން ރާއްޖެއާއި ފޯޅަވަހީގެ މެދުގައި ވަރަށް ބޮޑު ގުޅުމެއް އޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، ފޯޅަވަހީގެ މައްސަލާގައި ރާއްޖޭގެ ކަންބޮޑުވުންތަކާއި ރާއްޖޭގެ ދައުވާއަކީ ކޮބައިކަން ވަރަށް ތަފުސީލުކޮށް ރަސްމީ މުވާސަލާތުތަކުގެ ޒަރީއާއިން ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރާ ހިއްސާކޮށްފައެވެ. ރާއްޖެއިން އިނގިރޭސި ސަރުކާރަށް ފޮނުއްވި ސިޓީއެއްގައި، ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތީ ހައްގު އޮތްކަން ހާމަކުރައްވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއާއި ރާއްޖޭގެ މެދުގައި އޮތް ތާރީހީ ގުޅުމަކީ ލިޔެކިޔުމުން ފެންނަން އޮތް ގުޅުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ”އެ ގުޅުންތަކުގެ ސަަބަބުން ޗާގޯސްގެ މައްޗަށްް ސިޔާދަތީ ބާރު ލިބުމުގެ ހައްގު އެހެން އެއްވެސް ގައުމަކަށްވުރެ ބޮޑަށް ރާއްޖެއަށް އޮންނާނެ“ ކަމަށެވެ. އަދި މިކަމުގައި ކޮށްފައިވާ މުއާމަލާތްތަކުގެ ތަފުސީލު ހާމަނުކުރެއްވުނު ނަމަވެސް، ރާއްޖޭގެ ދައުވާގެ ބުރަދަން އެހެން ގައުމުތަކަށްވުރެ ބޮޑުވާނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ޖިއޮގްރަފީގެ ގޮތުން ބަލާއިރު، މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއީއާއި ޗާގޯސްއާ ދެމެދު 1,300 މޭލުގެ ދުރުމިން ހުރި ނަމަވެސް، ރާއްޖޭގެ ވެރިރަށް މާލެއާއި ޗާގޯސްއާ ދެމެދު ހުންނަނީ އެންމެ 310 މޭލެވެ. ފޯޅަވައްސަކީ ދިވެހިން އިހުގައި ދަތުރުކޮށް އުޅުނު އަތޮޅަކަށް ވާއިރު، ބައެއް ދިވެހި ރަސްކަލުންގެ ލިޔުއްވުންތަކުގައިވެސް އެއީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ޗާގޯސް މައްސަލައަކީ ހަމައެކަނި ޖިއޯޕޮލިޓިކްސްއާ ގުޅުންހުރި ކަމެއް ނޫނެވެ. އެއީ ތާރީހީ ހަގީގަތްތަކާ އެއްގޮތަށް ސިޔާސަތު އެކަށައެޅުމާއި، އަދުލުވެރިވުމާއި، އިނގިރޭސި ދައުލަތުގެ ދުވަސްވީ ބައިވެރިއެއްގެ އަޑުއެހުމާ ގުޅުންހުރި މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޗާގޯސް މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ ފާޑުވިދާޅުވެފައެވެ. ޓްރަމްޕް އެ ނިންމުން ސިފަކުރެއްވީ އިނގިރޭސި ސަރުކާރުން ނިންމި ”މޮޔަ“ ނިންމުމެއްގެ ގޮތުގައެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ފޯޅަވައްސާއި ރާއްޖެއާ ދެމެދު ކަނޑުގެ އިން ކަނޑައެޅުމުގައި ނިންމެވި ނިންމެވުންތަކާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. މިހާރުވެސް މީސްމީޑިޔާގައި ފޯޅަވައްސަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ހޯދުމަށް ގޮވާލައި ވަރުގަދަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: