ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުމޫން މިހާރު ވެސް ހުކުމެއްގައި، ބާކީ ދައުވާތަކުގެ ހުކުމް އިއްވުން ތާވަލު ކުރުމަށް ފަހު ކެންސަލް!

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަންގެ ތުހުމަތުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މައުމޫން (ގޭސް މާނު) ގެ މައްޗަށް ކުރާ ރިޝްވަތުގެ ފަސް ދައުވާއާއި ގުޅޭ ހުކުމް އިއްވުން މިއަދަށް ތާވަލު ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

މައުމޫން މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް، އެލްޕީޖީ ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި 3.10 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ނަންގަވާފައިވާކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ. އަދި އެ ފައިސާ އޭނާއާއި ގުޅުން އޮތްކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި، ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކުރި ތަހގީގުގައި ވަނީ ބުނެފަ އެވެ.

އެހެންވެ އެ މައްސަލައިގައި މައުމޫންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި، މަނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމާއި ހޯދައި ދިނުމުގެ ކުށުގެ ދައުވާއާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޖުމްލަ 7 ދަޢުވާއެއް އުފުލި އެވެ.

މީގެތެރެއިން ދެ ދައުވާއެއް ސާބިތުވެ، މައުމޫންގެ މައްޗަށް ވަނީ 12 އަހަރާއި، 09 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވެސް އޮއްވާފަ އެވެ. ބާކީ އޮތް ފަސް ދައުވާގެ ހުކުމް އިއްވުން މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރިނަމަވެސް ކެންސަލްކޮށްފައި ވަނީ އިދާރީ ސަބަބަކާއި ހުރެކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

ގޭސް މާނުގެ ނަމުން މަޝްހޫރު، މައުމޫންގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ފޮނުވިއިރު 2018 ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުވުމާއި އެކު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ. އޭރު ވެސ އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ، އެ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔައިރު މީޑިއާތަކުގައި ވެސް ވަނީ ބޮޑެތި ތުހުމަތުތަކެއްކޮށް ރިޕޯޓުތައް ގެނެސްފަ އެވެ.

މި މައްސަލަ މިހާ ބޮޑަށް ދިގުލައިގެން ދިޔަ ސަބަބެއްކަމަށް އޭރު އޭސީސީން ބުނެފައި ވަނީ މައުމޫން ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން ތަހުގީގަށް ހުރަސްތަކެއް އެޅިފައިވުމެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަ މީހަކު ތަހުގީގަކަށް ހާޒިރު ކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކެއް ހުރުމުގެ ސަބަބުން ވެސް ދަތިތަކެއް ދިމާވިކަމަށް ކޮމިޝަނުން ބުންޏެވެ.

މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއްގެ ގޮތުގައި މީޑިއާތަކުން އޭރު ރިޕޯޓު ކުރި ބައެއް ކަންކަމުގެ ތެރޭގައި ގޭސް އެޅުމަށް ބޭނުން ކުރާ ފުޅި ބަދަލުކުރުމާއި، އެ މަސައްކަތުގެ ތެރެއިން ޑޮލަރު ނެންގެވުން ހިމެނެ އެވެ.

މީގެއިތުރުން ކުންފުނީގެ ނަމުގައި ސީއެސްއާރުގެ ދަށުން ދޫކުރި ފައިސާއާއި މެދު ވެސް ބޮޑެތި ސުވާލުތަކެއް އުފެދުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: