ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޖެންޑަރ އެކްޝަން ޕްލޭން އެކުލަވާލުމުގެ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ ”މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޖެންޑަރ އެކްޝަން ޕްލޭން“ ތައްޔާރުކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ވޯކްޝޮޕަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އިންތިޒާމުކޮށްގެން، މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމެންޓާ ގުޅިގެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް އިބްރާހީމް މިމްރާޙެވެ. ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްހީ ދާއިރާއަށާއި، ބިނާވެރިކަމަށާއި، ބޯހިޔާވަހިކަމުގެ އިތުރުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގައި މިންތީގެ ތަފާތުތައް ސާފުކޮށް ފެންނަން ހުރިކަން ފާހަގަކުރެއްވިއެވެ.

އިބްރާހީމް މިމްރާޙް އިތުރަށް ވިދާޅުވީ، އަންހެނުންނާއި ހާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުގެ ކިބައިގައި ހުރި މުހިންމު އިލްމާއި އިސްނެގުމުގެ ހުނަރުތައް، މޫސުމީ ބަދަލުތަކާ ގުޅޭ ޕްލޭންތައް އެކުލަވާލުމުގައި އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރެވެމުން ނުދާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ މޫސުމީ ދާއިރާއިން މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ހާއްސަކޮށްގެން އެކުލަވާލާ ފުރަތަމަ ޕްލޭންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން ތައްޔާރުކުރާ މި އެކްޝަން ޕްލޭނަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުންނާއި ފިރިހެނުންގެ ދައުރު ހަމަހަމަކޮށް ހިމެނުމަށް މަގުފަހިކޮށްދޭނެ މުހިންމު ލިޔުމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ ވުޒާރާތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން އދ. ގެ އިދާރާތަކުން ބައިވެރިވެފައިވެއެވެ.

ވޯކްޝޮޕްގެ ބައިވެރިން ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން މިންތީގެ ތަފާތުތަކަށް ބިނާކޮށް ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އިސްކަންދޭނެ ކަންތައްތައް ކަނޑައަޅާފައެވެ. މި އެކްޝަން ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދަނީ ”ނެޕް ގްލޯބަލް ނެޓްވޯކް (NAP Global Network)\

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: