ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީއާއެކު ރަމަޟާން 1447: ހުޅުމާލޭގައި މިއަދު ”ރޯދަ ބާޒާރު“ ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރޯދައަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިއަދު ހުޅުމާލޭގައި ”ރޯދަ ބާޒާރު“ ފަށައިފިއެވެ.

އެޗްޑީސީއާއި ހައިރައިސް ގުޅިގެން މި ބާޒާރު ކުރިއަށްގެންދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި، 08:00 އިން 11:30 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ބާޒާރުގައި 50 ސްޓޯލް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އެ ސްޓޯލްތަކުން ކައްކާ ތެއްޔާއި، ބަދިގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި، ގޭތެރެ ޒީނަތްތެރިކުރާ ތަކެއްޗާއި، އަންނައުނު އަދި ހާޑްވެއާ ސާމާނުގެ އިތުރުން ކާބޯތަކެއްޗާއި އެހެނިހެން ސްޓޯލްތައްވެސް ހުންނާނެއެވެ.

މިއީ ރަމަޟާން މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ރޯދައަށް ގޭތެރެއަށް ބޭނުންވާ ތަކަތި ފަސޭހައިން އެއްތަނަކުން، އަދި އަގުހެޔޮކޮށް ލިބޭނެ ގޮތް މަގުފަހިކުރުމަށް ކުރިއަށްގެންދާ ބާޒާރެކެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ލިބެން ހުންނަ، އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: