ޓްކްސީ ސެންޓަރެއް ރަޖިސްޓްރީ ކުރުުމަށްތަކައި ބޭނުންވާ އުޅަނދާއި ޑްރައިވަރުންގެ އެންމެ މަދު އަދަދު 100 އިން 50އަށް ޓްރާންސްޕޯޓް މިނިސްޓްރީން މަދުކޮށް އިސްލާހެ ނެރެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސސީ ގަވައިދަށް 4 ވަނަ އިސްލާހު ގެނެސް އަންމުކޮށްފައެވެ. މި ބަދަލުތަކަކީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ހިދުމަތް ދޭ ފަރާތްތަކަށާއި ޑްރައިވަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ގެނެވުނު ބަދަލުތަކެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ގެނެސްފައިވާ މައިގަނޑު އެއް ބަދަލަކީ ޓްކްސީ ސެންޓަރެއް ރަޖިސްޓްރީ ކރުުމަށްތަކައި ބޭނުންވާ އުޅަނދާއި ޑްރައިވަރުންގެ އެންމެ މަދު އަދަދު 100 އިން 50އަށް މަދުކުރުއެވެ. މީގެ ސަބަބުން އައު ސެންޓަރުތައް އުފެދުމަށް ހުރި ހުރަސްތައް ނެތިގޮސް، ގިނަ ބަޔަކަށް މި ދާއިރާއަށް ވަނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ ނަތީޖާއެއްގެ ގޮތުން މާކެޓުގައި ވާދަވެރިކަން އުފެދި އާންމުންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ލައިސަންސް އޮންނަ ޓެކްސީ ދްރައިވަރުންނަށް އެއްވަގުތެއްގައި ދެ ތެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެގެން މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ފަހިކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި ގެނެވުނު ބަދަލުގެ ސަބަބުން ޑްރައިވަރުންނަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހިދުމަތަށް އެންމެ ބާރުބޮޑުވާ ވަގުތަކުގައި ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދިނުމަށް ސެންޓަރުތަކަށް އިތުރު ފަސޭހައަކަށް ވެގެންދާނެއެވެ.
ދަތުރުވެރިންގެ ރައްކާތެރިކަން ކަަވަރު ކުރުމަށްޓަކައި މޮބައިލް އެޕްލިކޭޝަން ނުވަތަ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ޓެކްސީ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ހާއްސަ ހުއްދައެއް ހޯދަންޖެހޭނެ ކަމަށް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. މިގޮތަށް ހުއްދަ ހޯދައިގެން ޑިޖިޓަލް ހިދުމަތް ދިނުމަކީ ހިދުމަތްދޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ލިބޭ ބާރެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

