ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްއިން ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމްއެއް ކުރިއަށް ގެންދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއޭސީއެލް އިން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މިޕްރޮގްރާމް ކުރިއަށްގެންދަނީ އެމްއޭސީއެލް އާއި މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އާ ގުޅިގެންނެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 31 ޖަނަވަރީ އަދި 1 ފެބްރުއަރީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ) ގައެވެ.

މިއީ ކޮންމެ އަހަރަކުވެސް އެމްއޭސީއެލްގެ ސްޓާފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެހެން ނަމަވެސް ⁠އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ޕްރޮގްރާމް ކުރިއަށް ގެންދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން ރިސޯޓް މުވައްޒަފުންނަށްވެސް ހުޅުވާލައިގެން ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެމްއޭސީއެލުން އިތުރަށް ބުނީ ⁠އެގޮތަށް ބަދަލުކުރުމުގެ މަގުސަދަކީ ލޭ ލިބުން ދަތިވެ، އެމްބީއެސްއިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީއާއި ކޮންމެ އަހަރެއްގެވެސް ރޯދަ މަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެ ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން https://tinyurl.com/46y3p7m7 މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެމްއޭސީއެލް އިން އެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: