ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ފެށުނީ ދެކުނުގެ ގުޅިފައިވާ ފަތުރުވެރިކަމުގެ އިކޯ ސިސްޓަމެއް: އިހުސާން

ހޯމް ލޭންޑް މިނިސްޓަރ އަލީ އިހުސާން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނުގެ އަތޮޅުތައް ވައިގެ މަގުން ގުޅިގެން ދިއުމުން ފެށުނީ ރާއްޖޭގެ ދެކުނުގެ ގުޅިފައިވާ ފަތުރުވެރިކަމުގެ އިކޯ ސިސްޓަމެއް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދެކުނު ސަރަހައްދުގެ އަތޮޅުތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރު ގުޅުވާލުމަށް ފެށި ”ސަދަން ކަނެކްޓިވިޓީ“ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގައި އެއާޕޯޓާއި ފްލައިޓުގެ ހިދުމަތް ދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، މިއަދު ފެށިގެން މިދިޔަ މަސައްކަތުގެ ތަފާތަކީ ރައްޔިތުންނަށް ލިބޭ ފަސޭހައިގެ އިހުސާސް ގައުމުގެ ވެރިންނަށް ކުރެވިގެންދިޔުން ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ސަރަހައްދުގެ ރައްޔިތުންނާ ގާތުން ވާހަކަދައްކަވައި، އެ ބޭފުޅުންގެ އިހުސާސްތައް ދެނެގަނެގެން ގެނެސްދެއްވި ބަދަލެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދަތުރުފަތުރަށް އައި ލުއިފަސޭހަކަމަށް އަލިއަޅުއްވާލައްވަމުން އިހުސާން ވިދާޅުވީ، މީގެ ކުރިން ކަނޑުމަގުން 5 ގަޑިއިރުން ކުރި ދަތުރު ދޮޅު ގަޑިއިރަށް ބަދަލުވެ، މިހާރު އެއީ އެންމެ 20 މިނެޓުގެ ދަތުރަކަށް ވެފައިވާ ކަމަށެވެ. ”މިއަދު އައްޑުގައި ދިރިއުޅޭ މީހާއަށް ފުވައްމުލަކުން ފޯރުކޮށްދޭ ހިދުމަތެއް ހޯދުމަށް 20 މިނެޓުން ދެވޭ. މިއީ އަހަރެމެންގެ ހަޔާތަށް ތަރައްގީއޭ މިކިޔާ އަސްލު އިހުސާސް ވާކަހަލަ ބަދަލެއް،“ ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިން މަޑުކުރާ މުއްދަތު ނުވަތަ ”ބެޑް ނައިޓްސް“ އިތުރުކުރުމަށް މިއީ ލިބޭ ބޮޑު ފުރުސަތެއް ކަމަށް އިހުސާން ވިދާޅުވިއެވެ. ފަތުރުވެރިން އާންމުކޮށް 5 ރޭ ރާއްޖޭގައި ހޭދަކުރާއިރު، އައްޑޫގެ ސަގާފަތާއި، ތާރީހާއި ގުދުރަތީ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު މިހާރު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މޫސުން ކޮންމެ ގޮތަކަށް އޮތް ނަމަވެސް ސަލާމަތާއި ރައްކާތެރިކަމާއެކު އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގެ މަގު ފަތުރުވެރިންނަށް މިހާރު ވަނީ ހުޅުވިފައެވެ.

މީގެ އިތުރުން، ސިއްހީ ނިޒާމަށް ބެލިކަމުގައި ވިޔަސް އެއް އަތޮޅުން ނުލިބޭ ހިދުމަތެއް އަނެއް އަތޮޅުން ހޯދުމަށް މީގެ ކުރިން މޫސުމާއި ދަތުރުފަތުރުގެ ދަތިކަމާ ހުރެ އޮތް ހުރަސްތައް މިހާރު ނެތިގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އިހުސާން ވިދާޅުވި ގޮތުގައި މިއީ މީގެ ކުރިންވެސް އޮތް ނަމަވެސް އެކްސެސް ނެތުމާއި ހަރަދު ބޮޑުވުމުގެ ސަބަބުން ނުކުރެވި އޮތް ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: