ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެންޝަން ބޯޑުގެ ޗެއާ އިނާޒު އިސްތިއުފާ ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް، މަރުކަޒީ ބޭންކު (އެމްއެމްއޭ) މެދުވެރިކޮށް ފައިސާ ހޯދުމަކީ އިގްތިސޯދަށް ގެއްލުންވާނެ ނިންމުމެއް ކަމަށް ވިދާޅުވެ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އިނާޒު އިސްތިއުފާ ދެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ކަމަށެވެ. އަދި 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލާގައި ގިނަ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، އެކަމުގައި ދެމެހެއްޓެނިވި ހައްލެއް ހޯދިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިނާޒު ވިދާޅުވީ، ”އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް ކަމަށް ޓެކްނިކަލީ ގަބޫލު ކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާ ކަމަށެވެ. 

މީގެ އިތުރުން، ދައުލަތުގެ މާލީ ކަންކަން މިހާރަށް ވުރެ ހަރުދަނާވެ، ދުރު ވިސްނުމުގެ ސިޔާސަތުތަކަކުން އިސްލާހުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިނާޒު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިގްތިސާދު ދަރަނީގެ އަނދަވަޅުން އަރައިގަނެ، ދެމެހެއްޓެނިވި އުފެއްދުންތެރި ތަރައްގީގެ މަގަކަށް ރުޖޫއަވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާއި ސީއެފްއޯ ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުން ވިދާޅުވެފައިވަނީ މި މުއާމަލާތް ހިންގީ މާލިއްޔަތު ގާނޫނާއި ޕެންޝަން އޮފީހުގެ އެތެރޭގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. ނަމަވެސް، އިނާޒު މީގެ ކުރިން ވިދާޅުވެފައިވަނީ ޕެންޝަން ބޯޑާއި މެނޭޖްމަންޓުން ގާނޫނާއި އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެމްއެމްއޭ މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން ފަންޑު ބޭނުންކުރުމަށް ބޯޑުން ނިންމާފައިވާއިރު، އިނާޒު ވަނީ ފަންޑުގެ ސަސްޓެއިނަބިލިޓީ އާއި ރައްކާތެރިކަން ދެމެހެއްޓުމަކީ އޭނާގެ އެންމެ އިސް ވާޖިބު ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: