ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީ މަރުގެ ހާދިސާއާ ގުޅިގެން ލަންކާ މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީ ވެމްކޯ ސައިޓުގައި ހިނގި ހާދިސާއެއްގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ މަރުވި މައްސަލައާ ގުޅިގެން، އެކްސްކެވޭޓަރު އޮޕަރޭޓް ކުރަން އިން ސްްރީލަންކާގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ގެއްލިގެން ހޯދަމުން ދިޔަ އަމީން މިއާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ގެއްލުނުތާ ދެ ދުވަސް ފަހުންނެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އަމީން މިއާ މަރުވެފައިވަނީ ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް ހިނގި ހާދިސާއެއްގައި ކަމަށް ތަހުގީގަށް މިހާތަނަށް އެނގިފައިވާ ކަމަށެވެ.

ހާދިސާ ހިނގި ގޮތް

ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން ޖެހި އަމީން މިއާ ވެއްޓުނު ވަގުތު، ކުނިތައް އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި، އޭނާގެ ގައިމައްޗަށް ކުނިތަކެއް ވަނީ އެޅިފައެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތުހުމަތުގައި ހައްޔަރުކުރި މީހާ

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ސްްރީލަންކާ ފިރިހެނެކެވެ. އޭނާއަކީ އެ ވަގުތު އެކްސްކެވޭޓަރު އޮޕަރޭޓް ކުރަން އިން މީހާއެވެ. ނަމަވެސް، އޭނާގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން އިތުރަށް ބުނީ، މި މައްސަލައިގެ ތަހުގީގަށް އިތުރު ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތުތައް އާންމުކުރަމުންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: