”ސުނާމީ ރެޑީ“ ޕްރޮގްރާމް ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.
ސިޓީސް މިނިސްޓްރީ އަދި އެންޑީއެމްއޭ ދެެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ޔުނެސްކޯގެ ސުނާމީ ރެޑީ ޕްރޮގްރާމްގެ މަސައްކަތްތައް ގުޅިގެން ކުރިއަށް ގެންދިއުމަށެވެ. މިއީ ދެ މުއައްސަސާ ދެމެދު ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގެ ނަތީޖާއެވެ.
މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުއުމިނާ ވަޙީދެވެ. އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކިޓިވް ހިސާން ޙަސަންއެވެ.
މި ފަހުމުނާމާގެ ދަށުން ސިޓީތަކާއި، އަތޮޅުތަކުގައި ރަށު ފެންވަރުގައި ހިންގާ ވޯކްޝޮޕްތަކާއި، ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުން ފަދަ މަސައްކަތްތައް ކުރެވިގެންދާނެއެވެ.

