ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންޝަން ފައިސާ ސަރުކާރުގެ މުސާރަ ދިނުމަށް ހަރަދުކޮށްގެން ނުވާނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެންޝަން ފަންޑުގައި ހުރި ފައިސާ ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރަންޓު ހަރަދަކަށް ބޭނުންކޮށްގެން ނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑެއް އުފެއްދީ ވަކި ހާއްސަ ބޭނުމެއްގައި ކަމަށެވެ. އަދި ވަޒީފާ އަދާ ކުރާ މީހުންގެ މުސާރައިގެ 14 އިންސައްތަ އަކީ ފަންޑަށް ޖަމާކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ 14 އިންސައްތައަކީ ވަޒީފާ އަދާކުރާ މީހާ ދޭ 7 އިންސައްތައާއި ވަޒީފާ ދޭ މީހާ ދޭ 7 އިންސައްތަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެބޭނުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވީ ފައިސާ ރައްކާކޮށް ދޮށީ އުމުރުގައި ޕެންޝަން އެއްގެ ގޮތުގައި ދިނުމެވެ. އަދި ވިދާޅުވީ އިޖްތިމާއީ ރައްކާތެރިކަމަށް މި ގޮތުގައި ކުރިޔަށް ދިއުން ކޮންމެހެން ވެސް ބޭނުންތެރިކަމަށެވެ.

އެއްވެސް ބޭނުމެއްގައި ޕެންޝަނުގައި ހުރި ފައިސާ ނެގުމަކީ ގޯހެއްގެ ގޮތުގައި ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޕެންޝަނަށް ދޭ ފައިސާ ކެނޑުމަށް ފަހު ބާކީ ފައިސާ ޖެހޭނީ ފައިދާވާ ރަނގަޅު ކަމަކަށް އިނެވެސްޓު ކުރަންކަމަށެވެ.

މީގެއިތުރުން ނަޝިދު ވިދާޅުވީ ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރަންޓު ހަރަދަކަށް އެ ފައިސާ ހަރަދުކޮށްގެން ނުވާނެ ކަމަށެވެ. ރައްޔިތުން ކަނު ބަނދެވި އަނދަވަޅަކަށް ވެއްޓެންދާއިރު ރާއްޖޭގެ މާލީ ހާލަތަކު ހަލާކުކޮށް ނުލުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: