ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިންވެސް ވަރުގަދަ ޑްރޯނެއް އުފައްދައިފި!

ޕެޓެންޓުކުރި ކަމަށް ބެލެވޭ ޑްރޯން: ފޮޓޯ/ޓެލެގްރާފް އިންޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ދިފާއީ ވުޒާރާއިން އަލަށް އުފެއްދި ވަރުގަދަ އަސްކަރީ ޑްރޯނެއް ދައްކާލައި، އެ ގައުމުގެ ދިފާއީ ގާބިލުކަން އިތުރުކޮށްފިއެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގެ ދިފާއީ ވުޒާރާއިން މިހާރު ވަނީ އަލަށް ޕެޓެންޓުކޮށްފައިވާ ”ފިކްސްޑް ވިންގް“ އަސްކަރީ ޑްރޯނެއް އުފައްދާފައިވާކަން ކަށަވަރުކޮށްދީފައެވެ.

މި އައު ޑްރޯނަކީ އަމާޒުތަކަށް ސީދާކޮށް ހަމަލާދިނުމުގެ އިތުރުން، ވަކި ސަރަހައްދުތަކެއްގެ މަތިން ދުއްވައިގެން ސަވޭލެންސް ނުވަތަ ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމުގެ ފުރިހަމަ ގާބިލުކަން ލިބިގެންވާ ވަސީލަތެކެވެ. މި ދެ ގޮތަށް ބޭނުންކުރެވޭ ފަދަ ޓެކްނޮލޮޖީއެއް ތައާރަފުކުރުމާއެކު، އިންޑިއާއިން ވަނީ އެ ގައުމުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގައި އައު ހަރުފަތަކަށް ވާސިލުވެފައެވެ.

އިންޑިއާގެ ދިފާއީ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި އުފެއްދުމަކީ ބަދަލުވަމުންދާ ޒަމާނީ ހަނގުރާމައިގެ މައިދާނާއި ދިފާއީ ބޭނުންތަކަށް ކުރިޔާލާ ތައްޔާރުވުމުގެ ގޮތުން ކުރެވުނު މުހިންމު މަސައްކަތެކެވެ. މިއީ ދިފާއީ ދާއިރާ ކުރިއެރުވުމަށް އެ ގައުމުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން އުފެއްދި އުފެއްދުމެއްކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި ޑްރޯން ފަރުމާކުރި ކުންފުނިން ބުނި ގޮތުގައި، ހަނގުރާމައިގެ އެކި ހާލަތްތަކަށް ރިއާޔަތްކޮށް މި ޑްރޯން ވަނީ ވަރަށް ބޮޑަށް ތަރައްގީކޮށްފައެވެ. ޚާއްސަކޮށް އޮޕަރޭޝަންތައް ހިންގުމަށް ދަތި ހާލަތްތަކުގައިވެސް، އެ ހުރަސްތަކުން އަރައިގަނެވޭނެ ގޮތްތަކަށް ވިސްނައިގެން މި ޑްރޯން ފަރުމާކޮށްފައިވާ ކަމަށް އެ ކުންފުނިން އިޝާރާތް ކުރެއެވެ.

މި ޑްރޯންގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭގައި ހިމެނޭ ފިކްސްޑް ވިންގްގެ ސަބަބުން ދުރު ރާސްތާތަކަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވުމެވެ. މީގެ އިތުރުން ގިނަ ވަގުތުތަކެއް ވަންދެން ވައިގެ ތެރޭގައި އޮޕަރޭޓް ކުރެވޭއިރު، 5 ކިލޯގެ ބަރުދަނުގެ ހަތިޔާރު އުފުލައި، ބޭނުންޖެހޭ ހާލަތްތަކުގައި އޭގެ ބޭނުން ހިފޭނެ ކަމަށްވެސް ކުންފުނިން ބުނެއެވެ.

މި އައު އުފެއްދުމާއެކު އިންޑިއާގެ އަސްކަރީ ބާރު ސަރަހައްދީ ފެންވަރުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މުހައްލިލުން ލަފާކުރެއެވެ. ހާލަތާ ގުޅޭގޮތުން ހަތިޔާރު ހަރުކުރުމުގެ ފަސޭހަކަން މި ޑްރޯންގައި ހިމެނިފައިވުމަކީ އަސްކަރީ އޮޕަރޭޝަންތަކުގައި ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: