ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުލުސްދޫ ކައުންސިލަށް ކުރިމަތިލީ ސޫޒަންގެ ކެންޑިޑެންސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަންގައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބުގައި ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރުމަށް ހުށަހެޅި ފާތިމަތު ސޫޒަންގެ ކެންޑިޑެންސީ ބާތިލްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސައްހަނޫން ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމައިފި އެވެ.

ކައުންސިލް އިންތިހާބާ ގުޅޭގޮތުން އިންތިހާބީ ދެ ޝަކުވާއެއް ސުޕްރީމް ކޯޓަށް ހުށަހެޅުނުއިރު އެއީ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި އަބްދުލްމަޖީދާއި، ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް ހުށަހެޅި ސޫޒަންގެ މައްސަލައެވެ.

މި ދެ މައްސަލައިގައި ވެސް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ގޮތް ކަނޑައަޅާފައެވެ.

ސޫޒަންގެ މައްސަލަ އޭނާއާ އެއްކޮޅަށް ނިމުނުއިރު، އަބްދުލްމަޖީދު ހުށަހެޅި މައްސަލަ އެ ކޯޓަށް ނުބެލޭނެކަމަށް ވަނީ ނިންމާފައެވެ.

ސޫޒަންގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމަށް ނިންމީ ދަރަންޏެއްގެ މައްސަލައެއްގައެވެ. އެއީ ތުލުސްދޫ ކޯޓުން އޭނާގެ މައްޗަށް ދަރަންޏެއް ދައްކަން ކޮށްފައިވާ ހުކުމަކާ ގުޅިގެންނެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ ސޫޒަންގެ ކެންޑިޑެންސީ ބަލައިނުގަންނަން ނިންމާފައިވަނީ ސައްހަ ގާނޫނީ އަސާސެއްގެ މައްޗަށް ނޫން ކަމަށެވެ.

މި މައްސަލައިގައި ކޯޓުގެ ހުކުމުގައިވާގޮތުގައި، ދަރަނީގެ އެއްވެސް ރިކޯޑެއް ފިނޭންސް މިނިސްޓްރީގައި ނެތެވެ. އަދި ދަރަނި ހޯދުމަށް ތަންފީޒީ މައްސަލަ ހުށަހެޅުމާއި ރެކޯޑް ބެލެހެއްޓުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއަކަށް ވާއިރު، އެކަން ނުކޮށް އޮތުމަކީ ސޫޒަން ދަރަނި ދައްކާ ހަލާސްކޮށްފައި ނުވާ ކަމަށް ބެލޭނެ ހަމައެއް ނޫންކަމަށް ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން، ސޫޒަންއަކީ އިންތިހާބަށް ކުރިމަތިލާން ޝަރުތު ހަމަވާ މީހެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަބްދުލްމަޖީދުގެ މައްސަލައާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. އޭނާގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ހުށަހަޅަންޖެހޭ ބައެއް މައުލޫމާތު ފުރިހަމަ ނުވާތީއެވެ. އެކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ، އެ ކޯޓަށް އިހްތިސާސް ލިބެނީ ކެންޑިޑޭޓެއްގެ ޝަރުތަކާ މެދު ކޮމިޝަނުން ނިންމާ ނިންމުންތަކުގައި އެކަނި ކަމަށެވެ.

މި ދެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފައި އޮތުމުގެ ސަބަބުން، އިލެކްޝަންސް ކޮމިޝަނުން ދެ ދާއިރާގެ ކެންޑިޑޭޓުންގެ ނަމްބަރުތައް ތަރުތީބު ކުރުން ކުރިޔަށް ގެންގޮސްފައި ނުވެ އެވެ. އެހެން ދާއިރާތަކުގެ ކެންޑިޑޭޓުންގެ ކެންޑިޑެސީގެ ގުރުއަތު ނެގުން މިދިޔަ ހަފްތާގައި ވަނީ ނިންމާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: